އޮޕަރޭޝަން ކުރަނގި 13 ރިސޯޓެއްގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ހޯމް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ފެބްރުއަރީ 13 ، 14 ، 15 ގައި، 13 ރިސޯޓެއްގައި އޮޕަރޭޝަން ކުރަނގީ ގެ ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ޙަރަކާތުގައި އެ މިނިސްޓްރީ އާއި ރިސޯޓްތަކުން ޖުމްލަ 56 މުވައްޒަފުން ބައިވެރިވާނެ ކަމަށެވެ.
މި އޮޕަރޭޝަނާއި ބެހޭ އިތުރު މައުލޫމާތެއް މިނިސްޓްރީން ހާމަކޮށްފައިނުވާއިރު ދާދިފަހުން ވަނީ މާލެ އާއި އަތޮޅުތަކުގައި ވެސް ކުރަނގި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ "ކުރަނގި" އޮޕަރޭޝަންގައި ޖުމްލަ 25،483 ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކުރެވިފައިވާކަމަށް ހޯމް މިނިސްޓްރީން މިދިޔަ މަހު ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރަމުންދާ މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ.
އޮޕަރޭޝަން ކުރަނގި 13 ރިސޯޓެއްގައި ކުރިއަށް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ