ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ކުރިމަތިލާފައިވާ ހުސައިން ޝަހީދު އެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން  ފާސްކޮށްފިއެވެ.
ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 3 ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީ އިން ވަނީ ރައީސުލްމްހޫރިއްޔާއަށް ލަފާއަރުވައިފައެވެ.
ޝަހީދަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ފޮނުވާފައިވަނީ ޖޭއެސްސީން އިންޓަވިއުކޮށް، ރަނގަޅަށް ދިރާސާކުރުމަށް ފަހު ކަމަށެވެ.
އެހެންވެ، މިކަމުގައި ކޮމިޓީން ދެން އިތުރަށް ކުރާނެ ދިރާސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީން ޝަހީދަށް ރުހުން ދޭން ފާސްކޮށް، މައްސަލަ ވަނީ މަޖިލިހުގެ ތަޅުމަށް ފޮނުވައިފައެވެ.
މާދަމާ މަޖިލީހުން އެ މައްސަލާގައި ގޮތެއް ނިންމާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ