ގެސްޓް ހައުސްއެއްގެ ވައި ގޮޅިއަށް ވެއްޓުނު މީހަކަށް ފަރުވާދެނީ

ގެސްޓް ހައުސްއެއްގެ ވައި ގޮޅިއަށް މީހަކު ވެއްޓިއްޖެއެވެ. 
ފުލުހުން ބުނީ، ރޭ ގާތްގަނޑަކަށް 2:55 ކަންހާއިރު، މާލޭގައި ހުންނަ ގެސްޓްހައުސް އެއްގެ ވައިގޮޅި އަކަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުފައިވާ ކަމަށެވެ.
އަދި ފުލުހުން އެޓެންޑްވެ، ވެއްޓިފައި އޮތް މީހާ ނަގައިގެން އޭނާއަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
Advertisement
މައުލޫމާތު ލިބޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހެންވޭރު އަސްރަފީމަގާއި ވައިލެޓްމަގު ގުޅޭ ކަންމަތީގައި ހުންނަ މީރުމާ ބިލްޑިންގ ބިއްދޮށުގައެވެ. އަދި އެމީހާ ވެއްޓިފައި އޮތީ މީރުމާ ބިލްޑިންގ އާއި ޖެހިގެން ހުރި އިމާރާތާ ދޭތެރެއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ