ރައީސްގެ ވައުދާ އެއްގޮތަށް ގާނޫނުއަސާސީގައި ހުއްދަ ކުރާ މިންވަރަށް އެއްވެ އުޅެން ފުރުސަތު ނުދީ އެއްވެވޭނެ ބައެއް ތަންތަން ކަނޑަައަޅައިފި ރައީސްގެ ވައުދާ އެއްގޮތަށް ގާނޫނުއަސާސީގައި ހުއްދަ ކުރާ މިންވަރަށް އެއްވެ އުޅެން ފުރުސަތު ނުދީ އެއްވެވޭނެ ބައެއް ތަންތ

ކުރިން ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅުމަށް ގާނޫނުއަސާސީ އިން ދީފައިވާ ހައްގު ހަނި ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ހެދި ގާނޫނުގެ ދަށުން މާލޭގައި އެއްވެވޭނެ އިތުރު ތަންތަން ކަނޑައަޅައިފި އެވެ.
ނަމަވެސް ގާނޫނުއަސާސީގައި ބުނެފައިވާ މިންވަރަށް ކުރިން ހުއްދަ ހޯދުމަކައި ނުލައި އެއްވެ އުޅެވޭނެ ފުރުސަތު ދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޔާމީންގެ ދައުރުގައި ހެދި ގާނޫނުގެ ދަށުން ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނީ ހޯމް މިނިސްޓްރީއިން އަންގާ ތަނަކަށް އެކަންޏެވެ. އެފަދަ ތަނެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައި އޮތީ ކާނިވާ ސަރަހައްދު އެކަންޏެވެ.
ހޯމް މިނިސްޓްރީއިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ އިތުރު ތިން ތަނެއް ކަނޑައަޅައިފަ އެވެ. އެއީ ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑެވެ.
އެއްވުމުގެ ފުރުސަތު ފަހި ކުރަން ކަމަށް ބުނެ އެއްވެވޭނެ އިތުރު ތަންތަން ކަނޑައަޅާފައި މި ވަނީ، މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ރޭ ކުރި މުޒާހަރާ ރޫޅާލައި ދެ މީހަކު ހައްޔަރު ކުރުމަށްފަހެވެ.
ކުރިން އިންޒާރު ދިނުމަކާ ނުލައި މުޒާހަރާ ރޫޅާލުމަށްފަހު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހައްޔަރު ކުރީ މުޒާހަރާ ލީޑު ކުރާ ޒުވާނުންގެ ތެރެއިން ދެ މީހެކެވެ. އެއީ އައިޝަތު ޝިމަން އަހުމަދު، 19، އާއި އަހުމަދު މަހްޒޫމް މާޖިދު، 28، އެވެ.
ފުލުހުން ހުށަހެޅި ބަޔާންތަކަކަށް އެކަނި ބެލުމަށްފަހު އެ ދެ މީހުންނަކީ މުޖްތަމައަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ދެ މީހުން ވެސް ތިން ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ މިއަދު އަމުރުކޮށްފަ އެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާ މިންވަރަށް އެއްވެ އުޅުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގަ އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ