ވީއޭއެމް ކަޕް: ހުރާ އާއި ސިޓީ ފްރެންޑްސް އަށް މޮޅެއް ވީއޭއެމް ކަޕް: ހުރާ އާއި ސިޓީ ފްރެންޑްސް އަށް މޮޅެއް

ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކްލަބް އާއި ސިޓީ ފްރެންޑްސް ކްލަބް ކުޅުނު ދެ ވަނަ މެޗުން މޮޅުވެއްޖެ އެވެ.
މި މުބާރާތުގައި ހުރާ އިން ކުޅުނު ފުރަތަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ސީދާ ތިން ސެޓުން ވަނީ ކުރި ހޯދައިފަ އެވެ. އެކަމަކު ސިޓީ އިން ކުޅުނު ފުރަތަމަ މެޗުގައި ފްލެކްސާ ސްޕޯޓްސް ކްލަބް އަތުން ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ.
އިއްޔެ ހަވީރު ހުރާ އިން ނުކުތީ ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީއާ ދެކޮޅަށެވެ. މި މެޗު ސީދާ ތިން ސެޓުން ހުރާ ވަނީ ކާމިޔާބު ކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 25-19، 25-14 އަދި 25-22 އިންނެވެ.
މީގެ އިތުރުން ރޭ، ސިޓީ ފްރެންޑްސް ކްލަބުން އަސްދިގަ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 25-7، 25-12 އަދި 25-11 އިންނެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި އަސްދިގަ ސްޕޯޓްސް ކްލަބް ނުކުންނާނީ ފްލެކްސާ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި ގުޑް ގޭމްސް ސްޕޯޓްސް އެކަޑަމީ ނުކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ