ނިޕޯން ޕެއިންޓް: ދިވެހިން އެންމެ އިތުބާރު ކުރާ ކުލަ އާއި ދަވާދު

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ ނިޕޯން ޕެއިންޓަކީ ދިވެހިން އެންމެ އިތުބާރު ކުރާ ކުލަ އާއި ދަވާދު ބްރޭންޑެވެ. މިއީ މިވަގުތު ސިންގަޕޫރުގެ އެއް ނަންބަރު ބްރޭންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ ބްރޭންޑެވެ.
ނިޕޯން ބްރޭންޑުގެ ކުލަ މޮޅުވެފައި ގިނަ ކުލަތައް ލިބެން ހުރުމަކީ ބާޒާރުގައި އެ ބްރޭންޑަށް އޮންނަ އިތުބާރު އެއްވަނައިގައި ހިފެހެއްޓިފައި އޮންނަ އެއް ސަބަބެވެ. އަނެއްކޮޅުން ކަސްޓަމަރުން ބޭނުންވާ މިންގަނޑަށް އެ ބްރޭންޑުގެ ކުލަ އާއި ދަވާދު ކަސްޓަމައިޒް ކުރެވުމަކީ ނިޕޯންގެ މަގުބޫލުކަން އިތުރުވާ ސަބަބެކެވެ.
ނިޕޯންގެ ކުލަ އާއި ދަވާދަކީ އަވަހަށް ހިކޭ، ހާކާލަން ފަސޭހަ އަދި ފާރުތަކާއި ސީލިންތަކަށް ވެސް ހާއްސަ، އެކަށީގެންވާ އުފެއްދުމެކެވެ.
ނިޕޯން ޕެއިންޓުގެ ހުރިހާ ދަވާދަކާއި ކުލަ އަކީ ވެސް ފަންގަސް ޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭ އުފެއްދުންތަކެކެވެ. އެއާ އެކު، މި ބްރޭންޑުގެ އުފެއްދުންތަކަކީ ތިމާވެއްޓަށް ގެއްލުންވާ މާއްދާތައް މަދު، ރާއްޖޭގެ ވެށްޓާ ރައްޓެހި އުފެއްދުމެކެވެ.
މީގެ އިތުރުން ނިޕޯންގެ އުފެއްދުންތަކަކީ:
ވޯޓާ ބޭސްޑް ބާވަތްކެއް؛ ކެމިކަލް އާއި ސިއްހަތަށް ގެއްލުންދޭ މާއްދާތައް ނިޕޯން ޕެއިންޓުގައި ނުހިމެނޭ
މި ބްރޭންޑްގެ ކުލަ އާއި ދަވާދަކީ މަޑު ވަހެއް ހުންނަ އުފެއްދުންތަކެއް؛ މިއީ ތުއްތުކުދިން އުޅޭ މާހައުލުކަތުގައި ވެސް ބޭނުންކުރެވޭ، ކުޑަކުދިންނާ ރައްޓެހި އުފެއްދުމެއް
ނިޕޯންގައި ހިމެނޭ ވޯޓާ ބޭސްޑް މާއްދާއާ އެކު ކުލަ ލާފައި ހުންނަ ފާރުތައް ހަޑިވެއްޖެ ނަމަ ފަސޭހައިން ސާފު ވެސް ކޮށްލެވޭނެ އެވެ. މީގެ އިތުރުން، ގިނަ ދުވަސް ވަންދެން ކުލަ ފަނޑުނުވެ ދެމިހުންނާނެ އެވެ. އެހެންކަމުން، މިއީ ބަދިގެ އާއި ފާހާނާތަކަށް ވެސް އެންމެ އެކަށޭނަ ކުލަ އެވެ.
އެތައް އަހަރެއް ވަންދެން ދިވެހިން އެންމެ އިތުބާރު ކުރާ ބްރޭންޑުގެ ގޮތުގައި ނިޕޯން ޕެއިންޓު ދެމިއޮތުމުގެ އެއް ސިއްރަކީ މި ބްރޭންޑުގެ ހުރިހާ ކުލައަކީ ވެސް ކޮލެޓީއަށް ބަދަލު އައުމެއް ނެތި، އަތްފޯރާފަށުގައި ލިބޭ އުފެއްދުންތަކަކަށް ވުމެވެ.
އަބަދުވެސް ކަސްޓަމަރުން ހިތްހަމަޖެހޭ ކޮލެޓީގެ ކުލަ އާއި ދަވާދު ނިޕޯން އިން ފޯރުކޮށްދެ އެވެ.
ނިޕޯން ޕެއިންޓުގެ 1 ލީޓަރު، 5 ލީޓަރު އަދި 20 ލީޓަރުގެ ފީފާ ވެސް މިހާރު ރާއްޖޭގެ ބާޒާރުން ލިބޭނެ އެވެ.
ނިޕޯންގެ އުފެއްދުންތައް ލިބެން ހުންނާނީ:
އެސްޓީއޯ އަމީނީ މަގު ކޮންސްޓްރަކްޝަން ޝޯރޫމް
އެސްޓީއޯ ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމް
އެސްޓީއޯ ނޯތު ހާބަރު އައުޓްލެޓް
އެސްޓީއޯގެ ރީޖަނަލް ކޮންސްޓްރަކްޝަން އައުޓްލެޓްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ