އެމްއެސްޕީއޭ އިން އެންސީއޭ ގުޅިގެން ބާއްވާ އެކްޓިންގ ވޯރކްޝޮޕް މެއި މަހު ފަށަނީ

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމް.އެސް.ޕީ.އޭ) ފަރާތުން، ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް (އެން.ސީ.އޭ) އާއި ގުޅުގެން ބާއްވާ އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯކްޝޮޕް މި އަހަރު މެއި މަހުގެ 12 އިން ޖޫން 06ގެ ނިޔަލަށް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯރކްޝޮޕްކީ 2022 ވަނަ އަހަރު ބޭއްވުމަށް ކަނޑައަޅާ އިޢުލާނުކޮށްފައިވާ ވޯރކްޝޮޕެކެވެ. ނަމަވެސް ދިމާވި އެކިއެކި ސަބަބާހުރެ މިދިޔަ އަހަރު މި ވޯރކްޝޮޕް ބޭއްވޭގޮތް ވެފައިނުވާ ކަމަށް އެމްއެސްޕީއޭ އިން ހާމަކުރައްވައެވެ. އެހެން ނަމަވެސް މި އަހަރުގެ މެއި މަހުގެ 12 އިން ޖޫން މަހުގެ 06 ގެ ނިޔަލަށް މި ވޯރކްޝޮޕް ބޭއްވުމަށް ނިންމައި އެކަން އާއްމުކޮށް އިޢުލާނުކޮށްފައިވަނީ މިމަހު 17ގައެވެ.
މިއީ ފިލްމީދާއިރާގައި، ޚާއްސަކޮށް ކެމެރާގެ ކުރިމަތީގައި މަސައްކަތްކުރާނެ އެކްޓަރުން އުފެއްދުމާއި އަދި މިހާރުވެސް އެކްޓިންގެ ދާއިރާއަށް އަލަށް ނުކުމެ އުޅޭ ފަރާތްތަކަށް ފުރިހަމަ ތަމްރީނު ލިއްބައިދުނުމުގެ މަޤުސަދުގައި އެމް.އެސް.ޕީ.އޭގެ ފަރާތުން ފަށާ ވޯރކް ޝޮޕެކެވެ.
އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މާރޗް މަހުގެ 17 އިން ފެށިގެން ހުޅުވާލާފަ އެވެ. ބައިވެރި ވުމުގެ އެންމެ ފަހު މުއްދަތަކީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފީއަކީ -/500 ރުފިޔާ ކަމަށް އެމްއެސްޕީއޭ އިން ހާމަކޮށްފައިވެއެވެ. އަދި މިނޫން އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެކަމަށްވެސް އެ ސޮސައިޓީން ބުނެއެވެ.
އެކްޓިންގް ފޮރ ފިލްމް އެންޑް ތިއޭޓަރ ވޯރކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް، އައި.ޑީ ކާޑް ނަމްބަރ އަދި ގުޅޭނެ ނަންބަރު ޖަހާފައި 7727264 އަށް ވައިބަރ ނުވަތަ ވަޓްސްއަޕް ކޮށްލުމުން ރެޖިސްޓްރީކޮށްލެވޭނެ އެވެ.
ހަމަ އެންމެ 25 ޖާގަ އެކުލެވޭ މި ވޯރކްޝޮޕްގައި ކިޔަވައިދޭ މައިގަޑު ބައިތައް ކިޔަވައިދޭނީ ރާއްޖޭންބޭރުގެ ތަޖުރިބާކާރެކެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ތަޖުރިބާކާރުންވެސް އެކިއެކި ސެޝަންތައް ނަގައިދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެސްޕީއޭ އިން ހާމަކުރެވެ.
ވޯރކްޝޮޕްގައި ކިޔަވައިދެވޭނެ މައިގަނޑު ބައިތަކުގެ ތެރޭގައި، ބޭސިކް ނޮލެޖް އޮފް ފިލްމު މޭކިން، ކޮންސެންޓްރޭޝަން، އިމޭޖިނޭޝަން، ޑިކްޝަން، ބޮޑީ ލޭންގްއޭޖް، ޑައިލޮގު ޑެލިވަރީ، ވޮއިސް މޮޑިއުލޭޝަން، އެކްސްޕްރެޝަން، ކެރެކްޓަރައިޒޭޝަން، ފޭސިން ކެމެރާ، ކޮންފިޑެންސް ބިލްޑިންގ، ހޯސްޓިން، ސޯންގްސް އެންޑް ލިޕް ސިންކިންގ ގެ ތިޔަރީ އަދި ޕްރެކްޓިކަލް ކިޔަވައިދޭނެ އެވެ.
މި ވޯރކްޝޮޕްގައި ނަގައިދޭ ކުލާސްތަކުގެ އިތުރުން އެސައިންމެންޓްގެ ގޮތުގައި ބޭރުތެރެއަށް ނުކުމެ މިނީ ޕްރޮޖެކްޓް ހެދުން ފައިނަލް ޕްރޮޖެކްޓް އެސައިންމެންޓެއްގެ ގޮތުގައި ހެދުމަށް ހަވާލުކުރާނެއެވެ. އެސައިންމެންޓްގެ އިތުރުން ނިންމުމުގެ ރަސްމިއްޔާތުގައި ސްޓޭޖްގައި 45 މިނެޓްގެ ލައިވް ޑްރާމާއެއް ކުޅުންވެސް ހިމެނެއެވެ.
މިއީ ޓީވީ، އަދި އޯއެސްޓީތަކުގެ އިތުރުން ޓިކްޓޮކް އެކްޓިންގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށްލެވެ އެވެ.
އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ