ޒަރީރު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހޯދާ ގައްބަރޭ ނުފެނޭ

މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ.
މަތިވެރީ ދާއިރާގެ މެންބަރު އަހްމަދު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ހޯދަން އިއުލާނު ކުރި މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (32އ) އެވެ. ގައްބަރޭގެ ނަމުން މަޝްހޫރު އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ ދާއިރާގެ ރައީސެކެވެ. އޭނާ ހޯދަން އިއުލާނު ކުރީ މި މަހުގެ 15 ދުވަހު އެވެ.އިބްރާހިމް އަބްދުﷲ ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށްޓަކައި ކަމަށްވެސް ބުންޏެވެ.ނަމަވެސް ސީދާ އެއީ ޒަރީރު އަވަހާރަކޮށްލަން އުޅުނު މައްސަލާގައި ކަމެއް ފުލުހުން ނުބުނެއެވެ. ނަމަވެސް ގައްބަރޭ ހޯދަނީ އެ މައްސަލާގައިކަން ވަނީ ޔަގީން ކުރެވިފައެވެ.ފުލުހުން ބުނީ އިބްރާހިމް އަބްދުﷲ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.ޒަރީރަށް ހަމަލާ ދީ ޒަހަމްކޮށްލީ މާލޭގެ ޓީވީއެމް ކައިރީ ހުންނަ "ހަބީބީ ކެފޭ އެންޑް ބިސްޓްރޯ" ގެ ތެރެއިންނެވެ. މޫނު ނިވާ ކުރުމަކާ ވެސް ނުލައި މެންބަރުގެ ކުރިމައްޗަށް އަރައި އެރޭ ފުރަތަމަ ހަމަލާ ދީފައި ވަނީ އަތް އިސްކޮށްގެނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.   
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ