ފުލުހުންގެ ވެހިކަލް ޗެކިން ޕޮއިންޓް (ވީސީޕީ) އަކަށް މަޑުުކުރަން އެންގުމުން މަޑުނުކޮށް ފުލުހުންނާ ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަދެއްކި މައްސަލައެއްގައި ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އާމިރު ހައްޔަރުކޮށްފި އެވެ.
ދެ ފުލުހަކު ވެގެން އާމިރު އަނިޔާވެރި ގޮތަކަށް ހައްޔަރުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން އާމިރު ހައްޔަރުކުރީ ލައިސެންސް ނެތި ސައިކަލު ދުއްވުމުންނެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ އިދާރާ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޭ 12:55 އެހާކަންހާއިރު ވެހިކަލް ޗެކިން ޕޮއިންޓެއް ޖަހައި ފުލުހުން އުޅަނދުތައް ޗެކް ކުރަމުން ދިޔައިރު ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން ޗެކް ޕޮއިންޓަށް މަޑުނުކޮށް ފުލުހުންނާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިއުމުން ފުލުހުން ގޮސް އެ ސައިކަލު ހުއްޓުވި ކަމަށެވެ.
އަދި އޭނާއާ ސުވާލުކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ހުލުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާގެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ސައިކަލު ޓޯ ކުރި ސަބަބެއް ނުބުނެ އެވެ.
ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުނުކޮށް ދިއުމުން މެމްބަރު އާމިރު ހައްޔަރުކޮށް، ސައިކަލު ޓޯކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ