ދެވަނަ އިއުލާނުވެސް ބާތިލު، ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ބަޔަކު ހޯދަން އަލުން ހުޅުވާލައިފި

ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
މިއީ މިއީ އެ ފުުރުސަތު ހުޅުވާލި ތިންވަނަ ފަހަރެވެ. ކުރީގެ ދެ އިއުލާނު ބާތިލުކޮށް އިނގިރޭސިބަހުން އާންމުކުރި އިއުލާނުގައި ބުނެފައި ވަނީ މި ހިދުމަތް ފަށަނީ ހެލިކޮޕްޓަރު މެދުވެރިކޮށް އެއާ އެމްބިއުލާންސް ޚިދުމަތާއި މީހުން ހޯދައި ކާރިސާތަކުން މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފަތުރުވެރިން އުފުލުމަށް ކަމަށެވެ.
އެހެން ކަމުން އެ އެ ޚިދުމަތް ދޭން ކަނޑައަޅާ ބަޔަކަށް، އެ ހިދުމަތްތައް ދެވޭގޮތަށް 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ދޭނެ ކަމަށެވެ.
އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މާޗު މަހުގެ 25 ގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް އެ ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ