މުޝްރިކުންގެ ސިފަތައް- ޤުރްއާނުން-

ޢާއިޝަތު ރިފާޙް ޢަލީ
 
ﷲ ތަޢާލާގެ މަގުގައި ކުރިއަށްދިއުމަށް މަސައްކަތްކުރާނަމަ ފާޑުކިޔައި ފުރައްސާރަކޮށް އަދި އެއީ ވިސްނުމުގައި މައްސަލައެއް ހުންނަ މީހުންކަމަށް ބުނެއުޅޭ މީހުން ހިތާމަކުރާނޭ ދުވަސް ކުރިއަށް އޮތީއެވެ. އެއީ މޮޔައިންނަކީ ކޮންބައެއްކަން އެނގިގެންދާނެ ދުވަހެވެ.
ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 5 އަދި 6 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. 
فَسَتُبْصِرُ وَيُبْصِرُونَ ‎﴿٥﴾‏ بِأَييِّكُمُ الْمَفْتُونُ ‎﴿٦﴾‏
މާނައީ: "މޮޔަވެފައިވަނީ ތިޔަބައިމީހުންކުރެ ކާކުކަން ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެންނަށްވެސް ފެންނާނެތެވެ. (5–6)" 
އެގޮތުން ﷲ ތަޢާލާ މުޝްރިކުންނަށް ރައްދު ދެއްވާ މިއާޔަތްތައް ބާވައިލެއްވިއެވެ. މިއާޔަތްތަކުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޚިލާފުވެ، ރަސޫލުން ދޮގުކޮށް، ޤިޔާމަތް ދުވަސް ދޮގުކޮށް، މޮޔަވެ މަގުގެއްލިފައިވާ މީހުންނަކީ ކޮން ބައެއްކަން އެނގިގެންދާނެކަން ކަށަވަރެވެ. އެގޮތުން ޤަމަރް ސޫރަތުގައި 26 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.  
سَيَعْلَمُونَ غَدًا مَّنِ الْكَذَّابُ الْأَشِرُ ‎﴿٢٦﴾‏
މާނައީ:" ބޮޑު ދޮގުވެރި، ބޮޑާ މީހަކީ ކާކުކަން މާދަމާ (އެބަހީ: عذاب އަންނަދުވަހު) އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ. (26)" 
އެކަމާ ގުޅޭގޮތުން ސަބައަ ސޫރަތުގެ 24 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.  
وَإِنَّا أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِي ضَلَالٍ مُّبِينٍ ‎﴿٢٤﴾‏
މާނައީ:  "އަދި ހަމަކަށަވަރުން، ތިމަންމެން ނުވަތަ ތިޔަބައިމީހުންވަނީ، ތެދުމަގުގައި، ނުވަތަ ބަޔާންވެގެންވާ މަގުފުރެދުމެއްގައިކަން ކަށަވަރެވެ. (24)" 
ދެން ﷲ ތަޢާލާ އެބައިމީހުންގެ ސިފަތައް ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ. 
ދޮގުހެދުން : 
فَلَا تُطِعِ الْمُكَذِّبِينَ ‎﴿٨﴾‏
މާނައީ: "ފަހެ، ދޮގުކުރާ މީހުންނަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (8)" 
ދޮގުހުވާ ކުރުން: 
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ‎﴿١٠﴾‏
މާނައީ: "އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (10)"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ