ފ.ނިލަންދޫގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ނިލަންދޫގައި ކުޑަ ފިރިހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ. ފުލުހުން ބުނެފައިވަނީ ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މައްސަލަ ރިޕޯޓްކުރީ ކޮން ފަރާތަކުންކަމެއް އަދި ސާފެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ ގުޅޭގޮތުން އެ ހާދިސާގެ މައުލޫމާތު އެނގޭ ބައެއް މީހުން ބުނެފައިވަނީ ކުއްޖާއަށް އަނިޔާކޮށްފައިވަނީ އެ ކުއްޖާގެ ދޮންބައްޕަ ކަމަށެވެ.
ފ.ނިލަންދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ