އަގަދީރު، މޮރޮކޯ (ޖެނުއަރީ 11) - ކެޕްޓަން، މުހައްމަދު ސަލާހުގެ މޮޅު ކުޅުމާ އެކު، 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން، އައިވަރީ ކޯސްޓް ބަލިކޮށް މިސްރުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ، 2010 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން، ހަތް ވަނަ ފަހަރަށް ހޯދި ފަހުން، މިސްރުން މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 2017 އާއި 2021 ވަނަ އަހަރު މިސްރު ވަނީ ފައިނަލުގައި ބަލިވެފަ އެވެ. މި ފަހަރުގެ ސެމީ ފައިނަލުގައި އެ ޓީމުން ކުޅެން ޖެހޭނީ، ސެނެގާލްއާ އެވެ. ސެނެގާލުން ސެމީ އަށް އައީ، މާލީ ބަލިކޮށްފަ އެވެ.
އަދްރާރް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، މިސްރުން 32 މިނިޓް ތެރޭ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އޮމަރު މާމޫޝް ވަނީ ހަތަރު ވަނަ މިނިޓްގައި މިސްރަށް ލީޑުނަގައިދީފަ އެވެ. އަދި، 32 ވަނަ މިނިޓްގައި، އެ ޓީމުގެ ރަމީ ރަބީއާ ޖެހި ލަނޑުން ލީޑުފުޅާކުރި އެވެ. މިއީ، ސަލާހު ދިން ބޯޅައަކުން ރަބީއާ ޖެހި ގޯލެކެވެ.
އައިވަރީ ކޯސްޓުން މެޗުގެ ތެރެއަށް އައީ، 40 ވަނަ މިނިޓްގައި މިސްރުގެ އަހުމަދު އަބޫ އަލް ފަތޫހު އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
އެކަމަކު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ސަލާހު ވަނީ މިސްރުގެ ތިން ވަނަ ލަނޑު ޖަހައި، އެ ޓީމަށް ދެ ގޯލުގެ ލީޑެއް އަލުން ނަގައިދީފަ އެވެ. މެޗުގެ 73 ވަނަ މިނިޓްގައި އައިވަރީ ކޯސްޓުގެ ގުއޭލާ ޑޫއޭ ލަނޑެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދިންއިރު، ފަހު ވަގުތު ރަނގަޅަށް ޑިފެންސްކޮށް މިސްރުން މި މެޗު ކާމިޔާބުކުރި އެވެ.
މުބާރާތް ބާއްވާ މޮރޮކޯއާ ދެކޮޅަށް ސެމީ ފައިނަލުގައި ކުޅޭނީ ނައިޖީރިއާ އެވެ. ނައިޖީރިއާ އިން ވަނީ ރޭގެ ކުއާޓާ ފައިނަލުގައި 2-0 އިން އަލްޖީރިއާ ބަލިކޮށްފަ އެވެ. ލަނޑުތައް ޖެހީ، ވިކްޓަ އޮސީމެން އާއި އަކޯރް ޖެރޯމް އެޑަމްސް އެވެ.
ސަލާހުގެ މޮޅު ކުޅުމާ އެކު މިސްރު އެފްކޮންގެ ސެމީ އަށް ސަލާހުގެ މޮޅު ކުޅުމާ އެކު މިސްރު އެފްކޮންގެ ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ