އުރަމަތީގެ ކެންސަރުގެ އޮޕަރޭޝަނަށް ޚާއްސަ ފުަރަތަމަ ދިވެހި ޑޮކްޓަރަކަށް އަލްތާފް
އުރަމަތީ ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ދިވެހި ފުރަތަމަ ޑޮކްޓަރަކަށް، ޑރ. އަލްޠާފް ޢަދްނާން އިސްމާޢީލް ވެވަޑައިގެންފިއެވެ. ހުޅުމާލޭ ހޮސްޕިޓަލުން 'ފޭސްބުކް'ގައި ކުރި ޕޯސްޓެއްގައިވަނީ، އުރަމަތީ ކެންސަރުގެ ސާޖަރީން ފެލޯޝިޕް ފުރިހަމަކުރެއްވި އަލްޠާފަށް މަރުހަބާ ދަންނަވައިފައެވެ. އެ ހޮސްޕިޓަލުން ބުނީ، އަލްޠާފްގެ ތަޖުރިބާގެ އަލީގައި ހުޅުމާލޭ ހޮސްޕިޓަލުން ދޭ ޚިދުމަތް ކުރިއަރައިދާނެ ކަމަށެވެ. މެޑިސިން ކިޔަވައި ވިދާޅުވުމަށްފަހު، 2015ވަނަ އަހަރު އަލްޠާފް ފުރަތަމަ މަސައްކަތްކުރެއްވީ އައިޖީއެމްއެޗުގައެވެ. އެއަށްފަހު، އޮޕަރޭޝަނަށް ޚާއްސަވެ، 2020ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި، އަދި 2022ވަނަ އަހަރު ޓްރީ ޓޮޕް ހޮސްޕިޓަލުގައިވެސް މަސައްކަތްކުރެއްވިއެވެ. https://sun.mv/217564 އުރަމަތީގެ ކެންސަރަކީ ރާއްޖޭގައި ވެސް ވަރަށް އާންމު ބައްޔެކެވެ. ރާއްޖޭގެ ކެންސަރު ބަލީގެ ދަފުތަރުގައި 2017ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 1،900 އަށް ވުރެ ގިނަ މީހުން ކެންސަރު ޖެހިގެން ރަޖިސްޓްރީކޮށްފައިވާކަން ހާމަކޮށް އެޗްޕީއޭއިން ބުނީ، ކެންސަރު ޖެހިގެން ރަޖިސްޓްރީކުރި މީހުންގެ ނިސްބަތަށް ބަލާއިރު 57 ޕަސެންޓު މީހުންނަކީ އަންހެނުން ކަމަށާއި 43 ޕަސެންޓު މީހުންނަކީ ފިރިހެނުން ކަމަށެވެ. މި ދަފުތަރަށް ބަލާއިރު، ފިރިހެނުންގެ ތެރޭ އެންމެ ގިނައީ ފުއްޕާމޭ، ޕްރޮސްޓޭޓް، ބޮޑު ގޮހޮރު، ބަނޑާއި ފުރަމޭގެ ކެންސަރު ކަމަށާއި، އަންހެނުންގެ ތެރޭ އެންމެ ގިނައިން ފެންނަނީ އުރަމަތި، ބޮޑު ގޮހޮރު، ފުއްޕާމޭ، ރަހިމުގެ ދޮރަށްޖެހޭ އަދި ތައިރޮއިޑް ކެންސަރު ކަމަށް، އެ އިދާރާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ