އާރްޓީއެލް ފެރީގެ ހިދުމަތް ދ. އަތޮޅުގައި ފަށައިފި

ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ހިދުމަތް ފަށައިފި އެވެ.މިކަމަށްޓަކައި ދ. މީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.ދ. އަތޮޅުގައި ފެރީގެ ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ހިލޭ ދަތުރުތއް ބޭއްވުމަށް ވަމި އަތޮޅުގައި ހިދުމަތް ފެށުމުގެ ގޮތުން ފުރަތަމަ ހަފުތާގައި ދަތުރުތައް ހިލޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ.މިއީ އެމްޓީސީސީން މި ހިދުމަތް ދޭން ފެށި 13 ވަނަ އަތޮޅެވެ.ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އާރްޓީއެލްގެ ހިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022 ގައެވެ.މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ މުހިއްމު މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ