މިފަހުން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީން!

މެންބަރުންގެ އަދަދު މަދުވި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން މިފަހުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.މިދިޔަ ޑިސެމްބަރު ހަ ވަނަ ދުވަހު އާއްމުކުރި ހިސާބުތަކާއި އީސީން މިއަދު އާއްމުކުރި ހިސާބުތަކާ އަޅާބަލާއިރު، އިދިކޮޅު އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން ވެސް ވަނީ މެންބަރުން މަދުވެފަ އެވެ. އެމްޑީޕީގައި ކުރިން 43،765 މެންބަރުން ތިބި އިރު މިހާރު ތިބީ 43،784 މެންބަރުންނެވެ.މެންބަރުންގެ އަދަދު މަދުވި ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވަކިވެފައި ވަނީ ޖުމްހޫރީ ޕާޓީންނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 25 އާ ހަމައަށް ޖުމްހޫރީ ޕާޓީގައި 13،456 މެންބަަރުން ތިބި އިރު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 12،343 އެވެ. މި ހިސާބުތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީން ވަކިވީ 1،113 މެންބަރުންނެވެ.މިއަދު އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން، ކުރިން 10،300 މެންބަރުން ތިބި އެމްޑީއޭ ގައި މިހާރު ތިބީ 9،686 މެންބަރުންނެވެ.މި އަދަދުތަކުން ހާމަވާ ގޮތުގައި، ރާއްޖޭގައި އޮތް އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ އެވެ. އެމްޑީޕީގައި 43،784 މެންބަރުން އެބަތިއްބެވެ.އެކަމަކު، 74،048 މެންބަރުންނާ އެކު މިވަގުތު އެންމެ ބޮޑު ޕާޓީއަކަށް އޮތީ ވެރިކަންކުުރާ ޕީއެންސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ