އަކްޝޭއަށް ދަރުމާގެ އިތުރު ފިލްމެއް

މީގެ ކުރިން ވެސް ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރު އެ ކުންފުނީގެ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ އެކި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި، އަކްޝޭ މިފަހަރު ސޮއިކޮށްފައި ވަނީ ދަރުމާއިން ތާރީޚީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ތުރިލާއަކަށެވެ. ޗަންދޫ މޮންޑެޓީ ޑައިރެކްޓްކުރާ މި ފިލްމުން އަކްޝޭއާއެކު ދެން ފެންނާނީ ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ރާނާ ދަގޫބަތީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ފިލްމު "ކޭސަރީ: ޗެޕްޓާ 2"ގެ މަންޒަރެއްގައި އަކްޝޭ އަދި ބަތަލާ އަނަންޔާ ޕާންޑޭ--ފޮޓޯ/ބޮލީވުޑްހަންގާމާ ދަރުމާއިން ގެނެސްދޭ އިތުރު ފިލްމަކަށް އަކްޝޭ ސޮއިކުރިއިރު އެންމެ ފަހުން އަކްޝޭ ކުޅުނު އެ ސްޓޫޑިއޯގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި "ކޭސަރީ: ޗެޕްޓާ 2"އެވެ. އަކްޝޭ ދަރުމާއަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޭސަރީ"، "ގުޑް ނިއުސް"، "ބްރަދާސް" އަދި "ސެލްފީ" ހިމެނެއެވެ. އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައި ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދުމަށްފަހު 100 ކްރޯޑުން ޖާގަ ހޯދާފައިވާ ހޮރޯ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ"އެވެ. މި ފިލްމަކީ ހެއްވާ މަޖާ ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ