ބެރްގާމޯ، އިޓަލީ (ފެބްރުއަރީ 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެޓަލަންޓާއާ ދެކޮޅަށް ބޮރޫޝިއާ ޑޯޓްމަންޑުން ކުޅުނު މެޗުގެ ކަންކަމުގެ ތެރެއިން އިޓަލީގެ ފުލުހުން ބާރުގެ ބޭނުންކުރި ގޮތާ މެދު ޑޯޓްމަންޑުން ހިތްހަމަނުޖެހުން ފާުޅުކޮށްފި އެވެ.
ފުރަތަމަ ލެގުގައި ޑޯޓްމަންޑުން 2-0 އިން އަމިއްލަ ދަނޑުގައި މޮޅުވިއިރު، އެޓަލަންޓާ އިން ރޭ ވަނީ އެ ޓީމު ދަނޑުގައި 4-1 އިން މޮޅުވެ، ނަތީޖާ އަނބުރާލައިފަ އެވެ. މި މެޗުން 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުން މޮޅުވެ، އެޓަލަންޓާ އިން ވަނީ ޗެމްޕިއަަންސް ލީގުގެ ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
މި މެޗުގެ ފަހު ވަގުތުގައި ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި، ޑޯޓްމަންޑުގެ ރަމީ ބެންސެބައިނީ އަށް ރަތެއް ދެއްކީ މެޗުގެ ފަހު ވަގުތުގައި އެޓަލަންޓާ އަށް ޕެނަލްޓީ ލިބުނު ފައުލުގަ އެވެ. އެއީ، އެޓަލަންޓާގެ ނިކޯލަ ކްރްސްޓޯވިޗް އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ބޮލުގައި ފައިން ޖެހުމުންނެވެ. އަދި، އެ ކަމުގެ ހަމަނުޖެހުމުގެ ތެރޭގައި ޑޯޓްމަންޑްގެ ނިކޯލަ ޝްލޮޓަބަކް އާއި އެޓަލަންޓާގެ ޖިއޯޖިއޯ ސްކަލްވީނީ އަށް ވަނީ ރަތެއް ދައްކައިފަ އެވެ.
ރޭގެ މެޗަށް ފަހު، ޑޯޓްމަންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި ކުޅޭ މެޗުތަކުގައި އެ ކްލަބުން އެތައް ފަހަރެއްގައި ސަޕޯޓަރުންގެ ކަންކަން ރާވާފައިވާނެ ކަމަށާއި ފުލުހުންގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު ދުރާލާ ކޮންމެ ގައުމަކުން ވެސް ހިއްސާ ކުރާ ކަމަށެވެ. އެކަމަކު، އިޓަލީ ފުލުހުންގެ ފަރާތުން އެ ފަދަ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށާއި މިއީ ފުޓްބޯޅަ މެޗެއްގެ ކަންކަމުގެ ތެރޭގައި ފެނުނު ދަށް ފެންވަރުގެ ކަންތައްތަކެއް ކަމަށް ޑޯޓްމަންޑުން ވަނީ ބުނެފަ އެވެ.
ޑޯޓްމަންޑްގެ ސަޕޯޓަރުންގެ ގްރޫޕުން ބުނެފައިވަނީ، އިޓަލީ ފުލުހުން ބާރުގެ ބޭނުންކުރި ގޮތުން، ގިނަ އަދަދެއްގެ ސަޕޯޓަރުން ޓިކެޓް އޮތްނަމަވެސް މެޗަށް ނުވަންނަން ނިންމި ކަމަށެވެ.
އިޓަލީ ފުލުހުން ބާރުގެ ބޭނުންކުރިގޮތާ މެދު ޑޯޓްމަންޑްގެ ނުރުހުން އިޓަލީ ފުލުހުން ބާރުގެ ބޭނުންކުރިގޮތާ މެދު ޑޯޓްމަންޑްގެ ނުރުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ