ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފިއެވެ.
މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު، ދުންފުހުގެ އަސަރު މުޅި ރާއްޖެއަށް މިއަދު ކުރާނެ ކަމަށް ބުނެފައި ވެއެވެ. ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް ދުންފުހުގެ މިހާރު އަސަރު ކުރަމުންދާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
މޫސުމާ ބެހޭ ރިޕޯޓްތަކަށް ބަލާއިރު އުތުރުގެ ރަށްތަކަށް ދުރުފެންނަ މިންވަރު 2 ކިލޯ މީޓަރަށް ވުރެ ދަށުން ރިޕޯޓްކުރާ ކަމަށް އެ އިދާރާއިން ބުނެއެވެ.
އަދި ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަށް ދުންފުހުގެ އަސަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ގިނަ ވަގުތު ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް 5 ދުވަހު މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރާނެ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ