5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

އެއާކާގޯ ޝިޕްމަންޓެއްގައި ރާއްޖެ އެތެރެ ކުރަން އުޅުނު ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އެ މައްސަލާގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވިދާޅުވީ، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4 ކިލޯ ހުރިކަމަށެވެ.ކަސްޓަމްސްއިން ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ދުބާއީން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް އެ އިދާރާއަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައިކަމަށެވެ. މިގޮތުން ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރޭގައި ޖުމްލަ 7 ޕެކޭޖު ހިމެނޭއިރު، އޭގެ ތެރެއިން 2 ޕެކޭޖުގައި ހުރި މުދަލުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކުނޑިތަކެއް ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ. ކަސްޓަމްސްއިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.030 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު ފަސް މިލިއަން ސައުވީސްހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ ރުފިޔާއަށް އަރައެވެ.އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ކުރިން އިތުރުކޮށް ދިނެވެ. އަދި ދެ ބިދޭސީންގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ