ހައިކޯޓްގެ އިސް ފަނޑިޔާރަަކަށް ޝަހީދު، ސިވިލްކޯޓަށް މަރްޔަމް ވަހީދު

ޖޭއެސްސީ އިން ބުނި ގޮތުގައި އެ ކޮމިޝަނުން މި ނިންމުން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލްވުމުގައި ކަމަށެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އެކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް މަރްޔަމް ވަހީދު ހަމަޖެއްސުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީ އިން ބުނި ގޮތުގައި އެ ކޮމިޝަނުން މި ނިންމުން ނިންމީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ ބައްދަލްވުމުގައި ކަމަށެވެ.ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް އައްޔަން ކުރަން ހަމަޖެއްސި ހުސައިން ޝަހީދު އަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ނޮވެމްބަރު 26، 2014 ގައި ފަނޑިޔާރު ކަމުގެ ހުވާކުރެއްވި ހުސައިން ޝަހީދު އަކީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރަން ހަމަޖައްސާފައިވާ މަރްޔަމް ވަހީދު އަކީ ވިލާ ކޮލެޖް އިން މާސްޓާސް އޮފް ޝަރީއާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާސް އޮފް ލޯސް ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. 2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރެވުމުގެ ކުރިން މަރްޔަމް ވަހީދު ވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަން ކުރައްވާފައެވެ. މަރްޔަމް ވަހީދު ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނީ 8، ޖަނަވަރީ 2013 ގައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ