ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ފިސްކަލް ރިޕޯޓްގައި ހިމަނާފައިވީ ނަމަވެސް، އެއީ މިސަރުކާރުން ދޫކުރަން ނިންމާފައިވާ ފައިސާއެއް ނޫން ކަމަށާއި، އަދި މިހާތަނަށް ދޫކޮށްފައިވާ ފައިސާއެއް ނޫންކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްްޖެއެވެ.
މާލީ ވުޒާރާއިން މިހެން ވިދާޅުވީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓާ ހަވާލާދ،ީ ނޮވެންބަރު 17 އިން 30 ގެ ނިޔަލަށ،ް ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 101.7 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މީޑިއާގައި ދައުރުވަމުންދާ ޚަބަރާ ގުޅޭ ގޮތުން ނެރުއްވި ބަޔާނެއްގައެވެ.
މާލީ ވުޒާރާއިން ވިދާޅުވީ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ފެންނަ އަދަދަކީ އިންޓަރނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެެއް ކަމަށެވެ.
މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިސަރުކާރު ހަވާލުވިއިރު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ނިންމާފައިވާ ނިންމުންތަކުގެ އިތުރުން، އިންޓަރނޭޝަނަލް އާބިޓްރޭޝަނުން ދައުލަތާ ދެކޮޅަށް ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް ފައިސާ ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ރިޕޯޓުން ފެންނަ އަދަދަކީ އިންޓަރނޭޝަނަލް އާބިޓްރޭޝަނަކާ ގުޅިގެން އެ "ޓްރާންސެކްޝަން" ޕަބްލިކް އެކައުންޓިންގ ސިސްޓަމަށް ޕޯސްޓްކުރުމުން ރިޕޯޓު ކުރެވިފައިވާ އަދަދެެއްކަމަށް މާލީ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައިި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމަށް ނިންމާފައިވާ ނިންމުންތައްވެސް ހިމެނޭކަމަށާއި އަދި ބައެއް ފަރާތްތަކަށް ބައެއް ސެޓްލްމަންޓްތަކުގެ ޕާޓް މޭމަންޓްވެސް ހަދާފައިވާ ކަމަށް އެވުޒާރާއިންވަނީ ވިދާޅުވެފައެވެ.
ނަމަވެސ،ް މިސަރުކާރު ހަވާލުވުމަށްފަހ،ު ގެއްލުމުގެ ބަދަލު ނަގާދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމިޓީ އުވާލައ،ި އެ ކޮމިޓީން ބެލި މައްސަލަތައް ބަންޑާރަ ނައިބުގެ ލަފައާއެކު އަލުން މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރެވެމުންދަ ކަމަށްވެސް މާލީ ވުޒާރާގެ ބަޔާނުގައިވެއެވެ.
މިކަމާއި ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ ، މާލީ ވުޒާރާއަށް ހުށައަޅައިގެން މަޢުލޫމާތު ސާފުކުރުމަށް ވަނީ އެވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައިވާ 101.7 މިލިއަން ރުފިޔާއަކީ ދޫކޮށްފައިވާ ފައިސާއެއް ނޫން: މާލީ ވުޒާރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ