ކުރިއަށް މިއޮތީ މޫސުން ގޯސް ދުވަސްކޮޅެއް، ސަމާލުވޭ!

ކުރިއަށް އޮތް ހަފްތާގައި މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވުމާއިއެކު ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށްވިއްސާރަވުމުގެ ސަބަބުން ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކުރެވޭކަމަށާއި އުތުރުގެ ރަށްތަކަށް ވައިގަދާވާނެކަމަށް ބެލެވޭކަމަށެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ ރެއިން މިއަދުގެ މެންދުރާހަމައަށް ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމަައަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
މިދުވަސްވަރަކީ ސްކޫލްބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރާ ދުވަސްވަރަކަށް ވުމާއިއެކު ކޮންމެހެން ކުރަން ޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރަން ޖެހިއްޖެނަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އޮފީހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ