މާދަމާ ހެނދުނު ގަލޮޅުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ގަލޮޅު ނިރޮޅުމަގު ހިމެނޭ ސަރަހައްދުން 09/11/2023 ވާ ބުރާސްފަތި ދުވަހުގެ (މާދަމާ) ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އަދި އެވަގުތު ތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
އެކުންފުނިން ދޭ ޚިދްމަތް ރަނގަޅު ކުރުމުގެ މަސައްކަތް އެކުންފުނިން ދޭތެރެ ދޭތެރެއިން ކުރެއެވެ.
މާދަމާ ހެނދުނު ގަލޮޅުގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ:ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ