ރިޔާޒް ރަޝީދު ލަދުގަންނުވާލުމަށް ފަހު ވިލުފުށި ދާއިރާގެ ގޮނޑި އަފީފް ކާމިޔާބު ކުރައްވައިފި

ވިލުފުށި ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓު ހަސަން އަފީފް ކާމިޔާބު ކުރައްވައިފިއެވެ.
ހަސަން އަފީފް މި ގޮނޑި ކާމިޔާބުކުރެއްވީ ޖޭޕީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރެއްވި، މިހާރުގެ މެންބަރު ރިޔާޒް ރަޝީދާއި ވާދަކޮށެވެ.
ރިޔާޒް ރަޝީދަކީ ފާއިތުވި ދެ ދައުރުގައިވެސް ވިލުފުށީ ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެވެ. އަފީފް އާއި ވާދަކުރައްވާ އޭނާ ބަލިވި އިރު ރިޔާޒް، ވިލުފުށީ ދާއިރާއަށް ވާދަކުރެއްވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއިވެސް އެކުގައެވެ.
އަފީފްއަކީ މީގެ ކުރިން ތ އަތޮޅުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އަފީފް އަކީ އިސްލާހީ މަސައްކަތުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ