"އެންޓި ޑިފެކްޝަން ބިލުގެ ކަންބޮޑުވުންތަކަށް ކޮމިޓީ މަރުހަލާގައި ފަރުވާ ހޯދާ ދޭނަން"

ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ ބިލާމެދު މެންބަރުންގެ ހުރި ކަންބޮޑުވުންތަކަށް ފަރުވާ ހޯދާދޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ނިހާން އެހެން ވިދާޅުވީ އޭނާ ހުށަހެޅުއްވި ބިލާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މެންބަރުން ވަޑައިގެން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިއެވެ.
އެންޓި ޑިފެކްޝަން ބިލުގެ މުހިއްމުކަން ފާހަގަ ކުރައްވާ ނިހާން ވިދާޅުވީ މިއަދަކީ މަޖިލިސް މެންބަރުކަން ކުރައްވާތާ މިވީ މުއްދަތުގައި އެންމެ އުފާ ކުރައްވާ އެއް ދުވަސް ކަމަށެވެ.
ޕީޕީއެމް ޕީޖީގެ ބައެއް މެންބަރުންވަނީ އެ ބިލާ ދެކޮޅުކަން ހާމަ ކުރައްވާފައެވެ. ނަމަވެސް ފަހުން އޭގެތެރެއިން ބައެއް މެންބަރުން ވިސްނުން ބަދަލު ކުރައްވާ އެ ބިލަށް ތާއީދު ކުރަން ނިންމަވާފައިވާ ކަމަށް ވީއެފްޕީއަށް މިހާރު އެނގިފައިވެއެވެ.
އެ ބިލުގައިވާ ގޮތުން ޕާޓީއެއްގެ ޓިކެޓުގައި ހޮވިފައި އެ ދައުރެއް ނިމުމުގެ ކުރިން އަމިއްލައަށް ޕާޓީން ވަކިވި ނަމަވެސް ނުވަތަ ޕާޓީން އެމީހަކު ވަކި ކުރި ނަމަވެސް އިލެކްޝަނުން މަޖިލީހަށް އެކަން އަންގާ ވަގުތުން ފެށިގެން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ޕާޓީއަކާއި ގުޅުމުން ގޮނޑި ނުގެއްލޭނީ އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވާ މެންބަރުން އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ