ނ. ލަންދޫ އިންޖީނުގޭގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ މިއަދު ހެނދުނުއްސުރެ މުޅި ރަށުން ކަރަންޓު ކެނޑިފައިވާކަމަށް ލަންދޫ ކައުންސިލުން ބުނެފިއެވެ.
ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލުގެ މެމްބަރު އަބްދުﷲ އާރިފް ވިދާޅުވީ، ދޭތެރެ ދޭތެރެއިން އިންޖީނުތަކަށް މައްސަލަތައް ދިމާވެ ރަށުން ކަރަންޓު ކެނޑޭކަމަށެވެ.
ފެނަކައިގެ ދަށުން ހިންގަމުންދާ އެ އިންޖީނުގޭގައި 3 އިންޖީނު ހުރި ނަމަވެސް ރަނގަޅަށް ހުރީ އެންމެ އިންޖީނެއްކަން ފަހަގަކޮށް، އާރިފް ވިދާޅުވީ، ލަންދޫ އިންޖީނުގޭގައި ހުރީ ރަށްރަށުގައި ބޭނުންކޮށް ބާވެ އުކާލަންވެފައި ހުރި އިންޖީނުތަކެއްކަމަށެވެ. "ކަރަންޓުގެ މައްސަލަ ދިމާވާތީ ރަށްރަށުގަ ހުރި ބާދަގަނޑަށް ބޭނުންކުރާނެ ކަހަލަ އިންޖީނުތައް ހުރީ ލަންދޫގަ." އާރިފް ވިދާޅުވެއެވެ.
ގިނަ ދުވަސްވެ ބާވެފައިހުރި އެ އިންޖީނުތަކަށް މިހާރު ދިމާވާ މައްސަލައަކީ ޑީސަލާއި އަޑީތެޔޮ އެއްވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކެއްކަމަށް އާރިފް ވިދާޅުވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިންވެސް އިންޖީނުތަކަށް ދިމާވި މައްސަލަތައް ހައްލުކުރި ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ނުލިބޭކަން ފާހަގަކޮށް އެރަށު ކައުންސިލުގެ މެމްބަރު އާރިފް ވިދާޅުވީ، 170 ކިލޯވޮޓްގެ ޖަނަރޭޓަރުން އުފައްދަނީ 50-60 އާ ދެެމެދުގެ ކަރަންޓުކަމަށެވެ.
އާބާދީގައި 1060 ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ލަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމަށް އެރަށު އިންޖީނުގެ އިންގަމުންދާ ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޝަރީފް އާ ބައްދަލުކޮށް އެދިފައިވާކަމަށް ވެސް ލަންދޫ ކައުންސިލުން ބުނެއެވެ.
ހެނދުނުއްސުރެ ލަންދޫ އިން ކަރަންޓު ކެނޑިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ