ދިވެހިން ބޭނުން އެއްޗެއް ހޯދުމަށް ހިތްވަރާއި އެކު މަސައްކަތް ކުރަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖަލުހުކުމެއްގައި، އަދި ބޭސްފަރުވާއަށް ޖަރުމަނުގައި މިވަގުތު ހުންނެވި ގާސިމް މިހެން ވިދާޅުވީ ސުނާމީއަށް 13 އަހަރު ފުރުމާއި ގުޅިގެން އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމްގެ ފަރާތުން އިއްވެވި ބަޔާނުގައެވެ.
ޤާސިމް ވިދާޅުވީ ދައަޅައި ހޯދަން މަސައްކަތްކުރި އެއްޗެއް ނޫނީ ދިވެހިންނަށް ނުލިބޭނެ ކަމަށާއި އެކަމަށްޓަކާ ވަރުބަލިވުމެއްނެތި ހިތްވަރާއި އިހުލާސްތެރިކަމާއެކު މަސައްކަތްކުރަން ޖެހޭ ކަމުގައެވެ.
އެކަމަށްޓަކާ އުނދަގޫތަކާއި ބިރާއި ސިހުން ފަހަނައަޅައި ދާން ޖެހޭ ކަމަށާއި އުއްމީދުގެ ފަނޑު އަލިކަމެއް ނަމަވެސް ފެންނާނީ ސާބިތުކަމާއެކު ފިޔަވަޅު މައްޗަށް ފިޔަވަޅު ނަގައިގެންކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ގަދައަޅާ މަސައްކަތްކޮށްފި ނަމަ ދިވެހި ރައްޔިތުން ބޭނުންވާ ގޮތް ލިބުމަށް މާ ގިނަ ދުވަހެއް ނެތްކަމަށްވެސް ޤާސިމް މިރޭ ވިދާޅުވިއެވެ.
ގާސިމް މިރޭވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ބޭރުގެ ދެތިން ގައުމެއް ބޭނުންވާ ގޮތަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނަމަ އެހެން މީހެން ޤައުމުތަކުގެ މަދަދު މާދަންވެސް ބޭނުން ވެއްޖެނަމަ އެ މަދަދު ނުލިބޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ރޫހު ވަނީ އަބަދުވެސް ރައްޔިތުންނާއެކު ވަރަށް އަވަހަށް ރައްޔިތުންނާއި ބައްދަލު ކުރައްވާނެކަމަށްވެސް ޤާސިމް މިރޭ ވިދާޅުވިއެވެ.
ބޭނުން އެއްޗެއް ހޯދަން ހިތްވަރާއިއެކު މަސައްކަތް ކުރަން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ