އެންދެރިމާގެ އަށް ވަދެގަތީ ކޯޓު އަމުރާ ޚިލާފަށް: މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ އަށް މިއަދު ފުލުހުން ވަދެ، އެތަން ފާސްކުރީ ކޯޓު އަމުރާއި ޚިލާފަށް، ގަދަ ބާރުން ކަމަށް މައުމޫން ވިދާޅުވެއްޖެއެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ އަތުގައި އޮތް ކޯޓު އަމުރުގައި ބުނެފައިވަނީ ފާރިސްއާ ގުޅޭ ތަންތަން ބަލާ ފާސްކުރުމަށް ކަމަށާއި އެންދެރިމާގެއަކީ ފާރިސްގެ ކޮޓަރިއެއް، އޮފީހެއް ހުރި ތަނެއް ނޫން ކަމަށެވެ.
އެގޮތަށް ފުލުހުން ކައިރީ ބުނި ނަމަވެސް ގަދަބާރުން އެގޭތެރެއަށް ވަދެގަނެ، ތަކެތި ފާސްކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަނުމަށްފަހު ގަޑިއިރެއްހާއިރު އެޕާޓްމެންޓް ފާސްކުރުމަށްފަހު މިހާރު ފާރިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓު ފާސްކުރުމަށްފަހު ހައްޔަރުކޮށްފައެވެ. ހަމަސް ދުވަސް ވަންދެން ފުލުހުންގެ ބަންދުގައި ހުރުމަށްފަހު ފާރިސް މިނިވަން ވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ