ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީން ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ހަބް ކުންފުންޏަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތަބާވާނެކަމަށް ޑީއާރުޕީން ބުނެފިއެވެ. ޑީއާރުޕީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ކޯޓުގެ ހުކުމާއި ގުޅިހެން ޕާޓީގެ ލީޑަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށެވެ. ހަބު ކުންފުނިން ޑީއާރުޕީގެ މައްޗަށް ދައުވާކޮށްފައިވަނީއެކުންފުނީގެ ފަރާތުން ޑީއާރުޕީން ހޯދާފައިވާ ޚިދުމަތްތަކުގެ އަގަށްވާ ހަތް ލައްކަ އަށާރަ ހާސް ހަތަރު ސަތޭކަ އެއްތިރީސް ރުފިޔާ ހޯދުމަށެވެ. ނަމަވެސް ޑީއާރުޕީން ވަނީ އެދައުވާ އަށް އިންކާރު ކޮށްފައެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، ހަބް ކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އެއީ ޑީއާރުޕީން ދޭންޖެހޭ ފައިސާތަކެއް ކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން ހުކުމްކުރާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ. މީގެއިތުރުން ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، އެފައިސާގެ ފަންސަވީސްއިންސައްތައާއި، ވަކީލުގެ ފީގެ ގޮތުގައި ޚަރަދުވި ވިހި ހާސް ރުފިޔާ ހޯދުމަށް ވެސް ހަބް ކުންފުނީން އެދިފައިވެއެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެ ފައިސާ ނަގައި ދެވެން ނެތް ކަމަށެވެ.
ހަބް ކުންފުންޏަކީ ލައިޓިން އާއި ސައުންޑްގެ މަސައްކަތް ކޮށްދޭ އަމިއްލަ ކުންފުންޏެކެވެ.
ސިވިލް ކޯޓުން ކުރި ހުކުމަށް އެ ޕާޓީން ތަބާވާނެ- ޑީއާރުޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ