ިޖިނާއީ މައްސަލަތައް ބަލައިގަތުމަށް ޖުވެނައިލް ކޯޓުން ނިންމައިފ
ޕްރޮސެކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާ ކުރައްވާނެ ބޭފުޅަކު ނެތްނަމަވެސް ޖިނާއީ މައްސަލަތައް ބަލައިގަނެ، ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު އެމްބީސީ ނިއުސްއަށް ވިދާޅުވީ، އެކޯޓުން އެގޮތަށް ނިންމީ، އުއްތަމަ ފަނޑިޔާރުގެ ލަފާފުޅާއިއެކު، އެކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުންކަމަށެވެ. އުއްތަމަ ފަނޑިޔާރު ލަފާދެއްވާފައިވަނީ، ފެބުރުއަރީމަހު ސުޕްރީމް ކޯޓު ނެރުއްވާފައިވާ އަމުރާއި، އެއްގޮތަށް އަމަލްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ، ޖުވެނައިލް ކޯޓުން މައްސަލަތައް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، ދައުލަތުގެ ވަކީލުން މިއަދުވެސް ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވެ ސިޓީއެއް ފޮނުއްވާފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު ބޭއްވުމަށް ބައެއް މައްސަލަތައް ތާވަލުކޮށްފައިވީ ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން ވަޑައިނުގަންނަވާތީ އެމައްސަލަތައް ކުރިއަށް ގެންދެވޭ ގޮތް ވެފައި ނުވާކަމަށެވެ. އަދި ޑްރަގް ކޯޓާއި، ހައިކޯޓުން ބުނީ ޕީޖީން ތަމްސީލްކުރަންޖެހޭ މައްސަލައެއް މިއަދު އެކޯޓްތަކުގައި ތާވަލްކޮށްފައި ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ