ށ. ބިލެއްފަހީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެރަށް އަލުން ކަރަންޓް ދީފި
ށ. ބިލެއްފަހީގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެރަށް އަލުން ކަރަންޓް ދީފިއެވެ.ޗެނަލް ތާޓީން އަށް މައުލޫމާތު ދެއްވަމުން ށ. ބިލެއްފަހީގެ ކައުންސިލުން ބުނީ އެރަށުން އިންޖީނު ގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އިންޖީނުގެ އެއްކޮށް އަދާއަޅިއަށްވެފައިވާކަމަށެވެ. ނަމަވެސް އެރަށާ ކައިރި ރަށަކުން ޖަނަރޭޓަރެއް ގެނެސް ރޭ ވަގުތީ ގޮތުން މުޅި ރަށަށް ކަރަންޓް ދީފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.އެރަށަށް ކަރަންޓްދީފައި ވަނީ އެއަތޮޅު ފޭދޫއިން 120 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޕެނަލް ބޯޑެއް ގެންގޮސް ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. ކައުންސިލުން ބުނީ މިހާރު ރަށުގައި އެއްވެސް ވަރަކަށް ކަރަންޓްގެ މައްސަލަ އެއް ދިމާނުވާކަމަށާއި، ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރަށު ކައުންސިލުން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް. އަދި އެރަށުގެ އިންޖީނުގޭގައި އަލިފާންރޯވީ ޖަނެރޭޓަރުގެ ޓާބޯގައި ކަމަށް ބެލެވޭ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ. ބިލެތްފައްސަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނުން އިންޖީނުގެ އެދުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ތަފްސީލު އެއްކުރަމުންދާއިރު، ދޭއް ޕޮއިންޓް ދޭއް ހަތެއް މިލިއަން ރުފިޔާގެ ގެއްލުން ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ