މެމްބަރުން ވަދާއީ ހަފްލާއެއް ބާއްވަވައިފި

މިހާރު އޮތް ރައްޔިތުންގެ މަޖިލިހުގެ ދައުރު ހަމަކުރައްވާ މެމްބަރުންގެ ވަދާއީ ހަފްލާއެއް މަޖިލިސް ކުރާ ގޭގައި ރޭ ބާއްވައިފި އެވެ.
ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ދައުރު ހަމަކުރައްވާ މެމްބަރުންނަށް ސެޓްފިކެޓް ދެއްވުން އޮތެވެ. އަދި މަޖިލިހުގެ ރައީސް މުހައްމަދު ޝިހާބަށް މަޖިލީހުން ދެއްވި ހަނދާނީ ފިލައެއް ރައީސް ނަޝީދު ހަވާލުކޮށްދެއްވި އެވެ.
މިހާރު އޮތް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން އާ މަޖިލިހަށް އަލުން އިންތިހާބުވެވަޑައިގެންފައިވާ އިރު މަޖލިހުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ ގިނަ މެމްބަރުންތަކެއް ވަނީ އާ މަޖިލީހަށް އިންތިހާބު ވެސް ނުވެ އެވެ.
އުވިދާ 16 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ރާއްޖެ އަށް ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމުގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އާ ގާނޫނު އަސާސީގެ ދަށުން ވަރަށް ގިނަ ގާނޫނުތަކެއް ހެދުމުގެ މަސައްކަތް ވެސް އެ މަޖިލިހުން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ