ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ރަށްރަށުގައި ކަރަންޓް ޔުނިޓަކުން 38 ލާރި އަގު ހެޔޮކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން 38 ލާރި އަގު ހެޔޮކޮށްފައި މިވަނީ ރާއްޖެއަށް އެތެރެކުރާ ތެލުން ނަގަމުން ގެންދިޔަ ޑިއުޓީން ފަންސާސް އިންސައްތަ ކަނޑާލާފައި ވަނިކޮށެވެ.
ތެލުގެ ޑިއުޓީން ކުރިން ނަގަމުން ގެންދިޔަ 10 އިންސައްތަގެ ބަދަލުގައި ފަސް އިންސައްތަ ޑިއުޓީއަށް ނެގުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެނެސް އެގާނޫނު ތަސްދީގު ކުރުމާއި އެކު އެސްޓީއޯއިން ވިއްކާތެޔޮ އެކުންފުނިންވަނީ އަގު ހެޔޮކޮށްފައެވެ.
ފެނަކައިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެކުންފުނިން ބުނީ ކަރަންޓްގެ އަގު ހެޔޮކުރުމާއި އެކު މިމަހުގެ ބިލުން އެބައި އުނިކުރާނެ ކަމަށާއި މިމަހުން ފެށިގެން ވަރަށް ބޮޑުތަނުން ކަރަންޓް ބިލް ކުޑަވެގެންދާނެ ކަމުގައެވެ.
މި އަގާއި އެކު 100 ޔުނިޓާއި 400 ޔުނިޓާ ދެމެދުގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކު 30.6 މިލިއަން ރުފިޔާ ކުޑަވެގެން ދާނެކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ކުޑަކުރީ ކަރަންޓް ޔުނިޓަކުން 38 ލާރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ