ސުޕްރީމް ކޯޓް އިން މިފެނުނީ ގާނޫނު އަސާސީ އަލުން ލިޔުނު މަންޒަރު: ޑރ. ޖަމީލު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރައްވައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމެވުން މިއީ ގާނޫނު އަސާސީ އަލުން ލިޔުމާއި އެއްފަދަ ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ރޭ ޑރ. ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޯޓްތަކުގެ މައިގަނޑު ޒިންމާއަކީ ގާނޫނު އަސާސީގައިވާ ގޮތަށް ހުކުމްކޮށް ގާނޫނު އަސާސީ ދިފާއުކުރުން ކަމުގައި ވީ ނަމަވެސް މިއަދު މިފެނުނީ އެ ގާނޫނު އަސާސީ އަލުން ލިޔާ މަންޒަރު ކަަމަށެވެ. އަދި މިގޮތަށް ސުޕްރީމް ކޯޓުން އަމަލުކޮށްފައި މިވަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. އަދި މިނިންމެވުމުގެ ސަބަބުން ދުސްތޫރީ ވެރިކަން ގެއްލި ގައުމު މިވަނީ ވަކި ފަރާތެއްގެ ބާރުގެ ދަށަށް ގޮސްފައި ކަމަށް ވެސް ޑރ. ޖަމީލު ވަނީ އިޝާރާތް ކުރައްވާއިފަ އެވެ.
އަދި މިއީ ޖުޑިޝަރީ އާއި ޑޮމޮކްރަސީ ފުނޑިގެން ދިޔަ ކަޅު އަނދިރި ދުވަހެއް ކަމަށް ވެސް ޑރ. ޖަމީލު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެންމެން މިކަމުގެ ހިތި ނަތީޖާ ދެކޭނެ ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައްޔިތުން އިހްތިޖާޖަކަށް ތެދުވުމަށް ވެސް ޑރ. ޖަމީލު ވަނީ ގޮވައިލައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ