އިތުރު ހެއްކެއް ހުށަހަޅާފައިނުވާތީ ޖޭޕީ މެމްބަރު ޝާފިއު ދޫކޮށްލައިފި

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ މެމްބަރު އަޙްމަދު ޝާފިއު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
 
މިކަން ކަށަވަރުކޮށްދެއްވާ އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު އަދި ޤާނޫނީ ވަކީލް ވިދާޅުވީ ޝާފިއުގެ ދޫކޮށްލީ އޭނާގެ މައްޗަށް އިތުރަށް ހެކި ހުށަހެޅިފައިނުވާތީ ކަމަށެވެ.
M.Kunooz kairin hayyarukurevunu Ahmed Shafiu ge machah ithurah heki hushahehifai nuvaathi eyna bandhun dhookohllumah amuru kuravvaifi.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ އަދި އޮފީސް ހިމެނޭ މ ކުނޫޒް ދޮރުމަތިން އެޕާޓީގެ މެންބަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޖުލައި 4 ގައެވެ.
 
ޝާފިއު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ހުށަހެޅުއްވިއިރު އޭގައި ސޮއިކުރައްވާފައިވާ އަހުމަދު ރަޝީދު، އެމެންބަރުންގެ ސޮޔަކީ އެމެންބަރަށް ނޭނގި ކުރައްވާފައިވާ ސޮއިއެއް ކަމަށް ބުނެ އެކަން ބަލައިދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާތީ އެކަމުގެ ތަހުގީގްގެ ތެރެއިންނެވެ.
 
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ޝާފިއުއަކީ އެލިސްޓްގައި އަހުމަދު ޝާފިއު ސޮއިކުރެއްވިއިރު އެމަންޒަރު ފޮޓޯ ނަގައި އަދި ވީޑިއޯ ކުރި މީހާއެވެ.
 
ނަމަވެސް ފުލުހުންގެ ބަހެއް ލިބިފައި ނުވާތީ އެކަން ކަށަވަރުވެފައެއް ނުވެއެވެ.
 
އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލައިގައީ އަހުމަދު ރަޝީދު ސޮއި ނުކުރައްވާކަމަށް ވިދާޅުވާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއެކު އެލިސްޓްގައި ސޮއި ކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވެފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ