އިދިކޮޅު ފަރާތްތަކުން ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު އިދިކޮޅު ފަރާތްތަކަށް ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށް ވިދާލުވެ ވާހަކަ ދެއްކެވުމުން މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ރުޅިގަދަވެ ރައީސް މައުމޫނަށް ރައްދު ދެއްވައިފިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުތަކާއި ގުޅިގެން މޫސަ ވަނީ ރައީސް މައުމޫނަށް ސުވާލުތަކެއް ކުރައްވާފައެވެ. "ލޯބިވާ ބައްޕަގެ ކުރިމަތީގައި ދެފަޔާއި ދެ އަތުގައި ހިލިހިލާ ޖަހައިގެން ގިރިފުށީގައި އޭނަގެ ދެ ދަރިން ދެކޮޅަށް ދެމި އިރު ބައްޕަގެ އިހުސާސް،" ކޮބައިތޯ މޫސަ ސުވާލު ކުރައްވާފައިވެއެވެ. އަދި "ދޫނިދޫ ޓިނުކޮށިތަކަށް ބަކަރިކޮށިން ވެލިއަޅާފަ އޭގެ މަތީގަ ގޯނި އަޅާފަ އިންސާނުން ހިލިހިލާ ޖަހާފަ 90 ދުވަސް ވަންދެން ބޭތިއްބީ ކާކުތޯ" ވެސް މޫސަ ސުވާލު ކުރައްވާފައިވެއެވެ. Loabivaa bahppage kurimatheega dhefayaa dheathuga hilihilaa jahaigen girifushee ga eynage dhedharin dhekolhah dhemi iru e bahppage ihsaas?— Reeko Moosa Maniku (@ReekoMoosa) September 10, 2017Dhoonidhoo tinu gholithakah bakarikoshin veli alhaafa eygematheega goanialhaafa insaanun hilihilaajahaafa 90 dhuvas vandhen beythibee kaaku?— Reeko Moosa Maniku (@ReekoMoosa) September 10, 2017
ދާދި ފަހުން ވެެރިކަން ކުރާ ޕީޕީއެމާ ގުޅިވަޑައިގެންނެވި މޫސަވަނީ 1978 އިން 2008 އަށް ރައީސް މައުމޫން ދެއްކެވި "އޯގާތެރިކަން" ބޭނުން ނުވާތީ އެކަން ބަދަލު ކުރީ ރައްޔިތުން ނުކުމެ ކަމަށާއި އެކަން އިޔާދަ ކުރަން އެމްޑީޕީގެ އިސްވެރިން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. RN aniyaaey kiyaigen keehaalhen Farissa ve niminee verikamah ttakaa ehgalaku fehi kaigen ?Ablogaazee ves girifuttah gendhiyagoith ingijje— Reeko Moosa Maniku (@ReekoMoosa) September 10, 2017
ރައީސް މައުމޫން "އަނިޔާ"ގެ ވާހަކަ ދެއްކެވުމުން މޫސަ ރުޅިގަދަ ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ