ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވީ އެއްމެ އަވަހަކަށް އިސްތިއުފާދެއްވުމަށް ލަންކާގެ މަޝްހޫރު ސިހުރުވެރިޔާ އަސޭލާ ވިކްރަމަސިންހަ ގޮވާލައިފިއެވެ.
ރައީސް ޔާމިން ވެރިކަމަށް އައުމަށް ސިހުރު ހަދައިދީފައިވާނެ ކަމަށް ބުނަމުން އަންނަ އަސޭލާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވީ އެންމެ އަވަހަކާއި ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށާއި ރައީސް ކަމަކީ ރައީސް ޔާމީންއާ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އިތުރު ގޯސްތަކެއް ނުހައްދަވާ އަވަހަށް އިސްތިއުފާ ދެއްވުމަށާއި މިހާރު މިފެންނަނީ ރައީސް ޔާމިންގެ ވެރިކަން ދުވަހެއް ދުވަހަކަށް ބަލިކަށި ވަމުންދާތަން ކަމަށެވެ. ރައީސް ޔާމީންއަށް އެހެން ގޮތެއް ނެތްކަމަށެވެ.
އިތުރު ޓުވީޓެއްގައި އަސޭލާ ބުނެފައިވަނީ ދިވެހި ފުލުހުންނާއި ދިވެހި ސިފައިން އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި ރައީސް ޔާމީން 2018 ވަނަ އަހަރުގެ އިންތިޙާބުގައި ކާމިޔާބު ނުވާނެކަމަށާއި އަދި މުސްތަޤްބަލް ހަލާކުކޮށްލުމަށް ރައީސް ޔާމީންއަށް ފުރުސަތު ނުދެއްވުމަށެވެ.
އަދި ރާއްޖޭގެ ސިޔާސީ ކަންކަމާއި ބެހުމަކީ ބޭނުންވާ ގޮތް ނޫންކަމަށާއި , ނަމަވެސް ރައީސް ޔާމިން ވެރިކަމަށް އައީ އޭނާ ކުރި މަސައްކަތުން ކަމަށްވެފައި އެކަމުގެ އުޖޫރަ އަދިވެސް ނުލިބޭތީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ފާޑު ކިޔުމުގެ ހައްގު އޮތް ކަމަށް ގަބޫލުކުރާ ކަމަށް އަސޭލާ ބުނެފައިވެއެވެ.
ރާއްޖެޓީވީ އިން ވަނީ އަސޭލާ އާއި ބައްދަލުކޮށް އެކަމަށް ޑޮކިއުމެންޓްރީ އެއް ތައްޔާރުކޮށްފައެވެ. އެޑޮކިއުމެންޓްރީގައި އަސޭލާ ވަނީ ވަރަށް ތަފްސީލުކޮށް ރައީސް ޔާމިންއަށް އެހީވިގޮތް ކިޔާދީފައެވެ.
ނަމަވެސް އަސޭލާގެ ވާހަކަތައް ދޮގުކޮށް ދާދިފަހުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޔާމިން ވިދާޅުވީ އަސޭލާ ހަދަނީ ދޮގުކަމަށާއި , އެހެން ކިޔާ މީހަކާއި ފާރިސް މައުމޫނުގެ ފަރާތުން ކުރިން ބައްދަލު ވީ ނަމަވެސް އިތުރު މުއާމަލާތެއް އެދެމެދުގައި ހިނގާފައި ނުވާނެ ކަމަށެވެ.
އަދި އެއީ އެމަނިކުފާނުގެ އަގުވައްޓާލުމަށް ބަޔަކު މީހުން ރާވައިގެން ހިންގާ ޖަރީމާ އެއް ކަމަށާއި , އަސޭލާ އާއި ވާހަކަދެއްކި ކަމަށް ބުނެ އާއްމުކޮށްފައިވާ އޯޑިއޯގައި އެވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އަޑަކީ އޭގެ އަސްލަށް ބަދަލު ގެނެވޭނެ އެއްޗެއް ކަމަށެވެ. އަދި ސިހުރުގެ ބާރުން ވެރިކަން ދަމަހައްޓަން އެއްއިރެއްގައިވެސް
މަސައްކަތް ކޮށްފައި ނުވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިންގެ އެވާހަކަތަކަށް ރައްދެއްގެ ގޮތުން އަސޭލާ ބުނަމުންދަނީ ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ތަކެއް ކޮށްދީފައިވާނޭ ކަމަށާއި އެކަމުގެ އުޖޫރަ އަދިވެސް ނުލިބޭ ކަމަށެވެ.
ރައީސް ޔާމިން އިސްތިއުފާ ދެއްވާ 2018 ކާމިޔާބެއް ނުވާނެ: އަސޭލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ