އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ސުޕްރީމް ކޯޓުން މިމައްސަލަ ބެއްލެވީ އެކޯޓްގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ 6 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފައެވެ. އެއީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި, ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް (ވައްޑެ) އާއި, މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި, ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދާއި, ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއެވެ.
މިމެންބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލް ކޮށްދިނުމަށް އެދި ހުށަހަޅައިފައި ވަނީ ސައުދާއި, ވައްޑެ އާއި އަމީތުގެ އިތުރުން ލަތީފް އެވެ. އަނެއް ދެ މެންބަރުން ވިދާޅުވެފައި ވަނީ އެއްވެސް ރަސްމީ އިދާރާއަކުން އެމެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް އަންގައިފައި ނުވާ ކަމަށެވެ.
(ތަފްސީލް އަންނަނީ)
ހަަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓް އިން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ