ވަލު ދޮރާށިން ފަނޑިޔާރުން ވަކި ކުރުން ގާނޫނު ހުއްދަނުކުރާ ކަމަށް، މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރި ޚަބަރަކާއި ގުޅިގެން މައުމޫން ހަމީދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ވަލު ދޮރާށިން ފަނޑިޔާރުން ވަކިކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި މަޖިލީހުގެ ނިންމުންވެސް ގާނޫނާއި ހިލާފު ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
"އެ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ނިންމުން ގާނޫނާ ހިލާފު. އެ ނިންމުމަށް ޖޭއެސްސީ އަމަލު ކުރުމަކީ ވެސް ގާނޫނާ ހިލާފުވުން" މައުމޫން ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މައްސަލާގައި ހުރިހާ އިދާރާއަކުންވެސް ގާނޫނާއި ހިލާފުވެފައިވާކަމަށާއި، ސުޕްރީމް ކޯޓުން ޖޭއެސްސީގެ މެންޑޭޓާއި ބާރުގެ ތެރެއަށް އަރައިގަތުމަކީ ވެސް އެ ކޯޓުން ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ފުރިހަމަ ބާރު ގާނޫނުން މަޖިލީހަށް އޮތް ނަމަވެސް، މެމްބަރުންނަށް ލިބިފައި ނެތް ބާރެއްގެ ބޭނުން ކުރުމުން އެކަމުގެ ގެއްލުން ވާނީ ހަމައެކަނި އެ މެމްބަރުންނަށް ނޫން ކަމަށެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ޖޭއެސްސީ އިން މާދަމާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަނުވާ ކަމަށް ނިންމާނެ ކަމަށް ބެލެވެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަނުވާ ކަަމަށް ޖޭއެސްސީ އިން ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލިސް މެެދުވެރިކޮށް އެބޭފުޅުން މަގާމުން ދުރުކުރެވޭނެއެވެ.
ވަލު ދޮރޯށިން ފަނޑިޔާރުން ވަކި ކުރުން ގާނޫނު ހުއްދައެއް ނުކުރޭ - މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ