މަޑުއްވަރީ ދާއިރާގެ ގޮނޑި އާދަމް ޝަރީފު ކާމިޔާބުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓު އާދަމް ޝަރީފު އުމަރު ކާމިޔާބުކުރައްވައިފިއެވެ.
 
އާދަމް ޝަރީފު އިންތިހާބު ކާމިޔާބުކުރެއްވިކަން ކަށަވަރުވީ މަޑުއްވަރީ ދާއިރާގެ ރައްޔިތުން ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ 97 ފޮށީގެ ތެރެއިން 80 ފޮށީގެ ނަތީޖާ މީދޫ ޓައިމްސްއަށް ލިބުނުއިރު އާދަމް ޝަރީފަށް 863 ވޯޓު ލިބިލައްވާފައިވާތީއެވެ. 80 ފޮށީގެ ނަތީޖާގެތެރެއިން އެންމެ  ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އާދަމް ޝިހާމަށް ލިބިލައްވާފައިވަނީ 833 ވޯޓެވެ. މިދެބޭފުޅުންގެ ފަރަގު 30 ވޯޓު އުޅޭއިރު ބާކީ މީދޫ ޓައިމްސްއަށް ނުލިބި ހުރި 17 ފޮށްޓަށް ވޯޓުލާފައިވަނީ ޖުމްލަ 28 މީހެކެވެ. އެހެންކަމުން އާދަމް ޝިހާމަށް އެއަދަދަށް ވޯޓު ލިބުމުގެ ފުރުސަތު ނޯންނާނެއެވެ. މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތަށް 80 ފޮށިން ލިބިފައިވަނީ 485 ވޯޓެވެ. އަދި އަމިއްލަގޮތުންވާދަކުރެއްވި ހުސައިން ޝިހާމަށް 341 ވޯޓު ލިބުނުއިރު އެމްޓީޑީގެ ކެންޑިޑޭޓު އަދި މިހާރުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދަށް ލިބުނީ 117 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ