ފ. ނިލަންދޫގެ ގިނަ ގޭބިސީތަކުގެ ކަރަންޓް ބިލް މިދިޔަ އޭޕްރިލް މަހު އާދަޔަ ހިލާފަށް ބޮޑުވެފައި ވާތި ރައްޔިތުން އެކަމާއި ކަންބޮޑުވެފައިވާތީ އެ މަހުގެ ކަރަންޓް ބިލުން ބައެއް އުނި ކުރުމަށް ކައުންސިލް އިދާރާއިން ނިންމައިފިއެވެ.
އެ ރަށު ކައުންސިލް އިދާރާއިން ބުނީ، އެރަށުގެ ގޭބިސީތަކުގެ ކަރަންޓް ބިލް ބޮޑުވެފައިވާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން ގޭބިސީތަކުގެ އޭޕްރިލް މަހުގެ ކަރަންޓް ބިލުން 25 އިންސައްތަ މައާފްކޮށްދިނުމަށް ނިންމާފައިވާކަމަށެވެ. އަދި މިދިޔަ މަހުގެ އެ ކަރަންޓް ބިލް ދައްކާފައިވާ ފަރާތްތަކުން އެ ބިލުގެ 25 އިންސައްތައަށްވާ ފައިސާ މެއި 16 ކުރިން އެ ފަރާތްތަކާއި ހަވާލު ކުރެވޭނެ ކަމަށް ކައުންސިލް އިދާރާއިން ބުންޏެވެ.
މި މައްސަލަތަ މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ތިން ކައުންސިލުންގެވެސް އިއްތިފާގުންނެވެ.
ނިލަންދޫ އިންޖީނުގެ ހިންގަމުން ދަނީ އެރަށުގެ ކައުންސިލްގެ ފަރާތުންނެވެ. މިހާރު އިންޖީނުގެ ފެނަކަ އާ ހަވާލު ކުރުމަށް ރައްޔިތުން ވަނީ ނިންމާފައެވެ. އެކަން ނިންމާފައި ވަނީ ރައްޔިތުންގެ ވޯޓުންނެވެ.
މިދިޔަ އޭޕްރިލް މަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަރަންޓް ބިލްތައް ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައެވެ. އަދި އެކަމާއި އެ ހިދުމަތް ފޯރުކޮށްދިން ފަރާތްތަކުން ބުނަމުން ދަނީ، ކަރަންޓް ބިލްތައް ބޮޑުވެފައި ވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުން ކުރުން އިތުރުވުމުން ކަރަންޓް ބިލް ބޮޑުވީ ކަމަށެވެ.
ނިލަންދޫ ގޭބިސީތަކުގެ އޭޕްރިލް މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެގެން ކައުންސިލުން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ