ތިމާވެށީގެ ހިމާޔަތަށް ކުރީގެ ރައީސް ނަޝީދު ޖަމިއްޔާއެއް އުފައްދަވައިފި

ތިމާވެށީގެ ހަރަކާތްތައް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ޖަމިއްޔާއެއް އުފައްދަވައިފި އެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ނަމުގައި އުފެއްދި އެ ޖަމިއްޔާގެ މުއައްސިސުންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް ނަޝީދުގެ އިތުރުން ގ. އަނޫރާނީ، މަރިޔަމް ރާހިލް ނަސީމެވެ.
ޖަމިއްޔާގެ އިދާރާއަކީ ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ އެވެ. ޔޫތު މިނިސްޓްރީން މިއަދު ވަނީ އެ ޖަމިއްޔާ ރަޖިސްޓްރީކޮށްދީފަ އެވެ.
މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓަކީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަށް ރަށްތައް ތަރައްގީކުރާނެ ގޮތްތައް ހޯދައި، ފަރުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ