''ގޯލްޑް 100'': ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް ގާސިމް އަދި އަބްދުﷲ އަލީ އަށް

''ގޯޑް 100'' އެވޯޑް ހަފްލާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް އޭއޭއޭ އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އަބްދުﷲ އަލީ އަދި ވިލާ ގްރޫޕްގެ ފައުންޑާ އަދި ޗެއާމަން ގާސިމް އިބްރާހިމަށް ލިބިއްޖެއެވެ.
ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ''ގޯޑް 100'' ހަފްލާގައި މި ދެބޭފުޅުންނަށް ވަނީ މި އެވޯޑު ހަވާލު ކޮށްފައެވެ. މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ.
''ގޯލްޑް 100'' އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މިގޮތުން 100 ބޭފުޅަކަށް ''ގޯލްޑް 100'' އެވޯޑް މިރޭ ދީފައިވާއިރު ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ވިޔަފާރީގެ ދާއިރާގައި ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި ހަފްލާގައި އެޗްއާރު، ފައިނޭންސް، ސީ އެންޑް އާރު އަދި އޮޕަރޭޝަންގެ ދާއިރާއިން އަންނަ ކުރިއެރުންތައް ފާހަގަކޮށް އެ ދާއިރާތަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ