މިލަދޫ ސްކޫލް ތިޖޫރި ވަގަށްނެގިކަމުގެ ތުހުމަތުގައި ފައިސާއާއެކު ޒުވާނަކު ހައްޔަރުކޮށްފި

ނ މިލަދޫ ސުކޫލްގެ ތިޖޫރީ ވަގަށް ނެގިކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ފައިސާއާ އެކު 19 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެއްލައްކަ ރުފިޔާއާއި އެކު މިލަދޫ ސްކޫލް ތިޖޫރީ ވަގަށް ނެގިކަމަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމުގައެވެ.
ފުލުހުން ބުނީ އެ ފައިސާ ފެނިފައިވަނީ މިލަދޫ ގެއަކުން 19000 ރުފިޔާ ވަގަށް ނެގިކަމަށް ތުހުމަތު ކުރެވުނު ޒުވާނެއް އުޅޭގެ ކޯޓް އަމުރެއްގެ ދަށުން ލަބައި ފާސްކުރުމުގެ ތެރޭގައި ކަމުގައެވެ.
އެގޭ ކޮޓިރިއެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 94،705 ރުފިޔާއާއި ވޮލެޓަކުން 1315 ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ ގެއިން ފެނުނު ގިނަ އަދަދެއްގެ ފައިސާއަކީ މިލަދޫ ސްކޫލުން ވަގަށްނެގި ފައިސާކަމަށް ބެލެވޭ ކަމުގައެވެ. އަދި މި ދެ ވައްކަމުގެ ތުހުމަތުގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ