މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅުން ކަމަށް ރައީސް މައުމޫން އެހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
"އެމްއާރްއެމްގެ ތާއީދާއެކު މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލަވާނެ ބޭފުޅުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫން ވަނީ އެ ދާއިރާތަކުގެ ރައްޔިތުން، މާދަމާ އެމްއާރްއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މައުމޫނުގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ 20 ކެންޑިޑޭޓުންނެވެ. އެއީ،
ތުޅާދޫ ދާއިރާ - އިބްރާހީމް އަފީފްތުލުސްދޫ ދާއިރާ – މުހައްމަދު ވަހީދު އިބްރާހީމްގުރައިދޫ ދާއިރާ – މުހައްމަދު ޝާހުދިއްގަރު ދާއިރާ – އަހުމަދު ނާޒިމްމުލަކު ދާއިރާ – މުހައްމަދު ފައިސަލްނިލަންދޫ ދާއިރާ – މުހުސިން ހަމީދުކުޑަހުވަދޫ ދާއިރާ – އަލީ ޝިޒްމީތ. ގުރައިދޫ ދާއިރާ – އިބްރާހީމް މަނިކުއިސްދޫ ދާއިރާ – މުހައްމަދު ޝަފީގުގަމު ދާއިރާ – ފަރުހާދު ދާވޫދުފޮނަދޫ ދާއިރާ – އަބްދުﷲ ކަމާލުއްދީންތިނަދޫ އުތުރު ދާއިރާ – ސައުދުﷲ ހިލްމީމަޑަވެލި ދާއިރާ – އާފިޔާ އަލީހިތަދޫ އުތުރު ދާއިރާ – އަލީ އިބްރާހީމްހެންވޭރު އުތުރު ދާއިރާ – އިބްރާހީމް ޒިޔަތުގަލޮޅު ދެކުނު ދާއިރާ – އައިމިނަތު ނާދިރާމައްޗައްގޮޅު އުތުރު ދާއިރާ – ފާރިސް މައުމޫންމާފަންނު ހުޅަނގު ދާއިރާ – އިސްމާއީލް މާޖިދުމާފަންނު މެދު ދާއިރާ – އިލްޔާސް ފަރުހާދުމާފަންނު ދެކުނު ދާއިރާ – ހުސައިން ނަދީމް
އެމްއާރްއެމްގެ ކެންޑިޑޭޓުން ތެދުވެރިކަމާއި ސާބިތުކަމާއެކު ރައްޔިތުންގެ ހައްގުގައި އަޑު އުފުލާނެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ