ދާއިރާގެ ރައްޔިތުންނަށް ސަލީމް: އަޅުގަނޑަށް ވޯޓު ދެއްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ނިންމާނެ އެންމެ އުފާވެރި ނިންމުން

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން އިންތިޚާބުކުރާ މި ދާއިރާގެ މެމްބަރުގެ ގޮތުގައި ސަލީމު ހޮވުމަށް ވޯޓު ދެއްވުމަކީ މިދާއިރާގެ ރައްޔިތުން ނިންމާނެ އެންމެ އުފާވެރި ނިންމުމަށްވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ 19ވަނަ ދައުރުގެ އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ
ކުރިއަށް އޮތް 5 އަހަރު ދުވަހު މި ދާއިރާ އާމެދު ސަލީމު ގެންގުޅުއްވާ ތަސައްވަރާ ތަރައްގީގެ ޕްލޭނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ މި ދާއިރާގެ ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް ފާގަތި ދުވަސްތަކަކަށް ވެގެންދާނެކަމުގައެވެ. މި ކަން ހަގީގަތަކަށް ހެދުމަށް އޭނާގެ ފުލް ކެޕޭސިޓި ދައްކާނެ ކަމަށާ އެގޮތުން މި ތިން ރަށަކީ ވަސީލަތްތައް ފުރިހަމަވެފައިވާ އިގްތިސާދި ގޮތުން ފުދުންތެރި ތަރައްގީގެ ގިނަ ކަންތައް ތަކެއް ފުރިހަމަވެފައިވާ ދާއިރާއަކަށް ހެދުމަށް ރަށްރަށުގެ ކައުންސިލާ ގާތުން މަސައްކަތް ކުރައްވައި މިކަންކަން ކާމިޔާބު ކުރާނޭ ކަމުގެ ޔަގީން ކަން ދެއްވިއެވެ.
“ހިތާދޫއާއި މާޅޮހުގެ ނަރުދަމާގެ ވާހަކަ ދައްކާކަށް އަޅުގަނޑުނެތިން. މިއަހަރުގެ ބަޖެޓްގައިވެސް އަޅުގަނޑުގެ މަސައްކަތުން އެކަން ކުރަން އޮންނާނީ ހިމަނާފައި. އެހެންވީމާ ސަރުކާރުގެ އިޚްލާސް ތެރިކަމެއް ހުރިނަމަ އެކަން ކުރިއަށް ގެންގޮސް ނިންމާލާނެ. “އެމްޕީ ސަލީމު ވިދާޅުވިއެވެ.
އެހެން ނަމަވެސް މާޅޮހާއި ހިތާދޫގެ ތަރައްގީއަށް އިތުރު ކަންތައްތަކެއް ބޭނުންވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާ އެކަންކަން އެރަށްރަށުގެ ކައުންސިލްތަކާ ޖަމިއްޔާތަކާ ވާހަކަދައްކައިގެން މިހާރުވެސް ކުރަމުން ދާަކަމަށާ މިދާއިރާގެ ތަރައްގީގެ އާ ޕްލޭން އެއް އެކުލަވާލައި ލަސްވެގެން ހަތަރު މަސްދުވަހުގެ ތެރޭގައި ފެށުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ސަލީމު ވިދާޅުވީ ދާއިރާގެ ތިން ރަށުގައި ހުރި ޖަމިއްޔާތަކުގެ ހަރަކާތްތެރިކަން އިތުރުކޮށް އެޖަމާއަތްތަކުގެ ބައިވެރިވުމާއެކު ރަށަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ސަރުކާރު މެދުވެރި ކޮށްގެންނާއި އަމިއްލަ ޚަރަދުގައިވެސް މަސައްކަތްތަކެއް ކުރައްވާނޭ ކަމަށާއި ބޭނުމަކީ  ފުދުންތެރިކަމާއެކު ހިތްފަސޭހަ މުޖްތަމައެއް ގާއިމު ވެފައިވާ ރަށް ތަކަކަށް ދާއިރާ ބަދަލު ކޮށްލުމެވެ.
ސަލީމު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ އޭދަފުށީ ދާއިރާގެ ތަރައްގީ ޔަގީން ފަސް އަހަރުގެ ގޮތުގައި ފާހަގަ ކުރުމަށް ނިންމާފައިވާއިރު ޒުވާނުންނަށް ދޭ ހަދިޔާއެއްގެ ގޮތުގައި ކައުންސިލާ ގުޅިގެން ކޮންމެ ރަށެއްގައި ވޮލީ ކޯޓަކާއި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ބަށި ކޯޓެއް އެޅުމާބެހޭ ގޮތުން މީގެ ދެމަހެއްހައި ދުވަސް ކުރިން މަޝްވަރާ ކުރެވިފައިވާނޭ ކަމަށެވެ. މަޝްވަރާއަށް ފަހު އޭރު ނިންމާފައި އޮންނާނީ އަންނަ ޖޫންމަހުގެ ތެރޭގައި އެމަސައްކަތް ފެށުމަށެވެ.
“އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ. ”
މީގެ އިތުރުން އިސް ރަށްވެހިންނަށް ޚާއްސަކޮށް ކަސްރަތު ކުރެވޭ ގޮތަށް އައުޓްޑޯ ޖިމަކާއި މޫދަށް އެރެވޭނެ ގޮތެއް ނެތް ރަށްރަށުގައި އެފަދަ ތަނެއް ހެއްދެވުމަކީވެސް އޭނާ ކުރައްވަން ގަސްދު ކުރައްވާފައިވާ ކަންކަމުގެ ލިސްޓްގައި މުހިއްމު ކަން ދީފައިވާ ކަންތައް ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސަލީމުގެ ދާއިރާ އަށް ތަރައްގީ ގެންސްދިނުމުގައި އޭނާ ގެންގުޅުއްވާ މައިގަނޑު ސިޔާސަތަކީ ކޮންމެ ރަށަކީވެސް ވަސީލަތްތައް ފުރިހަމަވެފައިވާ ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅެވޭ ބަޔަކަށް ހެދުމެވެ.
“މިކަން ހާސިލުކުރުމަށް ބަދަލު ކުރަންވީ މީހާއެއް ނޫން. ތަނުގެ ހާލަތު. އެ ހާލަތު ދެންވެސް ބަދަލު ކުރެވޭނީ އަޅުގަނޑަށް. “ސަލީމުގެ ފަހުބަހެއްގެ ގޮތުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ