”ދިވެހި ރައްޔިތުން ތިބީ ޣައްޒާ އާއި އެކީ“ މިނަމުގައި ޢަދާލަތު ޕާޓީއިން ދަރުސްއެއް ބާއްވަނީ

ދަރުސްގެ ބަނަރ”ދިވެހި ރައްޔިތުން ތިބީ ޣައްޒާ އާއި އެކީ“ މިނަމުގައި ޢަދާލަތު ޕާޓީއިން ދަރުސްއެއް ބާއްވަން ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.ޢަދާލަތު ޕާޓީއިން އިއްޔެ ނެރުނު ބަޔާނެއްގައި ވާގޮތުގައި ”އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ވަރުގަދަ ހަނގުރާމައިގައި، ޣައްޒާގެ ރައްޔިތުންނާ އެކީ ދިވެހިރައްޔިތުން ތިބިކަން ސާބިތުކޮށްދިނުމުގެ ގޮތުންނާއި އެޖިހާދުގައި ބައިވެރިވުމުގެ ގޮތުން ‘ދިވެހި ރައްޔިތުން ތިބީ ޣައްޒާ އާއި އެކީ’ މި މައުޟޫޢުއަށް ޚާއްޞަ ދަރުސް އެއް ބޭއްވުމަށް ހަމަޖެހިފައިވާ“ ކަމަށެވެ.ޢަދާލަތު ޕާޓީއިން އިންތިޒާމް ކުރާ މިދަރުސް އޮންނާނީ 20 ނޮވެމްބަރު 2012 ވާ އަންގާރަ ދުވަހުގެ ރޭ 20.45 ގައިކަމަށާއި ދަރުސް ދެއްވާނީ ޑރ މުޙައްމަދު އިޔާޟު، އައްޝައިޚް އިލްޔާސް ހުސެއިން އަދި އައްޝައިޚް މުޙައްމަދު ދީދީ ކަމަށް އެޕާޓީއިން ހާމަކުރެއެވެ. އަދި ދަރުސް އޮންނާނީ ކާނިވާރގައިކަމަށްވެސް ޢަދާލަތު ޕާޓީއިން ހާމަކުރެއެވެ. މިދަރުސްގައި ފަލަސްތީނާއ ގުޅޭގޮތުން ޙާއްސަ ދުޢާއެއް ކުރުން އޮންނާނެކަމަށްވެސް ޚަބަރު ލިބެއެވެ.”ދިވެހި ރައްޔިތުން ތިބީ ޣައްޒާ އާއި އެކީ“ ގައިކަން އަންގައިދިނުމަށް މިދަރުސްގައި ބައިވެރިވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވާކަމަށް ޢަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ