103 މީހުންނާއެކު ވެއްޓުނު ފްލައިޓުން އެންމެން ސަލާމަތްވެއްޖެ
ސަތޭކަ ތިން މީހުންނާއެކު ދަތުރުކުރަނިކޮށް މެކްސިކޯގެ އުތުރުގެ ސަރަހައްދަކަށް ވެއްޓުނު ފްލައިޓެއްގައި ދަތުރުކުރި އެންމެން ސަލާމަތްވެއްޖެއެވެ. އޭރޯމެކްސިކޯގެ މި ފްލައިޓު ވެއްޓުނު ނަމަވެސް އެއްވެސް މީހަކު މަރު ނުވާ ކަމަށާއި ނަމަވެސް ގިނަ ބަޔަކު ޒަހަމްވިކަމަށް ހަބަރުތައް ބުނެއެވެ. މި ހާދިސާއާ ގުޅޭގޮތުން އޮފިޝަލުން ބުނީ ފްލައިޓު ވެއްޓުމުގެ ކުރިން އެ ސަރަހައްދުގައި ވައި ގަދަވި ކަމަށާއި ބޮޑަށް ބެލެވެނީ ވައިގަދަވުމުގެ ސަބަބުން ފްލައިޓް ހިފަހައްޓާނުލެވުނީ ކަމަށެވެ. ފްލައިޓު ވެއްޓުމުގެ ކުރިން ވަނީ އެމެޖެންސީގައި ލޭންޑު ކުރަން މަސައްކަތް ކޮށްފައެވެ. މި ފްލައިޓުގައި 99 ފަސިންޖަރުން ތިބިއިރު އޭގެ ތެރޭގައި ނުވަ ކުޑަކުއްޖަކު ހިމެނެއެވެ. ޕައިލޮޓާއެކު 49 މީހަކަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ފްލައިޓު ވެއްޓުނުތަނާ އޭގައި ރޯވެފައިވާއިރު އަލިފާންގަނޑު ފެތުރުމުގެ ކުރިން ގިނަ ބަޔަކުވަނީ ފްލައިޓުން ނިކުމެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ