ކުޅުދުއްފުށިން ގޯތި ދޫކުރުން ލަސްވާކަމަށްބުނެ ރައްޔިތުން މުޒާހަރާ ކުރަނީ
ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި މުޒާހަރާ ކުރަނީ | ފޮޓޯ: ކުޅުދުއްފުށީ އޮންލައިންހދ ކުޅުދުއްފުށިން ގޯތި ދޫކުރުން ލަސްވާކަމަށްބުނެ އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާގެ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.މުޒާހަރާގެ ބައިވެރިން ބުނަމުން ދަނީ އެމީހުން ފްލެޓެއް އަދި ރޯހައުސް އެއް ވެސް ބޭނުން ނުވާކަމަށާ އެމީހުން ބޭނުންވަނީ ބަންޑާރަ ގޯއްޗިކަމަށެވެ. އަދި 2007 ވަނަ އަހަރު ކުޅުދުއްފުށިން ދޫކުރަން ނިންމި 100 ގޯއްޗަށް އެދި 1000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޫކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން އެދެމުން ދެއެވެ.އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކާއި ކައުންސިލްގެ ބައެއް އިސް ބޭފުޅުން ކައުންސިލް އިދާރާގެ ތެރޭގައި ބައްދަލުވުމެއް ބާއްވައި އެއްވެ ތިބި މީހުންގެ ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ކައުންސިލް އިދާރާއިން ބުނެފައިވަނީ މިހާރު އަމަލުކުރެވެމުންދާ ގަވާއިދުން 100އަށް ވުރެ ގިނަ ގޯތި ދޫކުރެވެން ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ